Roadha Mihaaru
ގޮގްލްސް ހޮވައިގެން ގެނެސްދޭ ބުޅަޅެއް

ގޮގްލްސް ހޮވައިގެން ގެނެސްދޭ ބުޅަޅެއް

16 ޖުލައި 2020

ސެލީ ބެލް ބުނި ގޮތުގައި އޭނާ ގެންގުޅޭ ބުޅާ އެވެރީ އަކީ އަބަދު ވެސް އެކި ބާވަތުގެ ދިރޭ އެއްޗެހި ގެއަށް ގެންނަ އެއްޗެކެވެ. އޭގެ ތެރޭގައި މީދަލާއި ބޮއް ހިމެނެ އެވެ. އެކަމަކު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މި ބުޅާ މުޅިން ވެސް ގެންނަނީ ފަތާއިރު އަޅާ ކަހަލަ ގޮގްލް އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެލީ ބެލް ބުނި ގޮތުގައި އޭނާ ގެންގުޅޭ ބުޅާ އެވެރީ އަކީ އަބަދު ވެސް އެކި ބާވަތުގެ ދިރޭ އެއްޗެހި ގެއަށް ގެންނަ އެއްޗެކެވެ. އޭގެ ތެރޭގައި މީދަލާއި ބޮއް ހިމެނެ އެވެ. އެކަމަކު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މި ބުޅާ މުޅިން ވެސް ގެންނަނީ ފަތާއިރު އަޅާ ކަހަލަ ގޮގްލް އެވެ.

މި އެއްޗެހި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގެއަށް ގެންނާތީ އެކަމާ ކަންބޮޑުވެގެން އަވަށްޓެރިންގެ ގާތުގައި ވެސް ގޮގްލް ގެއްލިގެން އުޅޭތޯ ސެލީ އަހާފައިވެ އެވެ. އެކަމަކު އެއްވެސް މީހަކު ގޮގްލްއެއް ގެއްލިގެން އުޅޭ ކަމަކަށް ނުބުނެ އެެވެ.

ނަމަވެސް ސެލީ ހުރީ ބުޅާ އެ އެއްޗެހި ގެންނަ ތަނެއް ނޭނގޭތީ ވަރަށް ކަންބޮޑުވެފަ އެވެ.

"ފުރަތަމަ މިގޮތަށް ގޮގްލް ގެންނަން ފެށީމަ ހިތަށް އެރީ އަވަށްޓެރިއެއްގެ ގެއަކުން ގެނައި އެއްޗަކަށޭވާނީ. މި ގެ ކައިރީގައި ސްމިވިން ޕޫލެއް ވެސް އޮންނަ ގެއެއް ހުރޭ. އެހެންވެ އެ ގެ ކައިރީ މީހުން އަހާލިމާ ވެސް ގޮގްލްއެއް ގެއްލިގެން އުޅޭ ކަމަކަށް ނުވި،" އިނގިރޭސިވިލާތުގެ ބްރިސްޓަލްގެ ލޯންގްވެލް ގްރީންގައި ދިރިއުޅޭ ސެލީ ބުންޏެވެ.

ސެލީ ކިޔައިދިން ގޮތުގައި ބައެއް ދުވަސްދުވަހު، ހަތަރު އަހަރުގެ އެވެރީ ދެ ތިން ގޮގްލް ވެސް ގެނެ އެވެ. އެކަމަކު އެއްޗެހި ގެނެސް އޭގެ ފަހުން އެއާ ހެދި ބުޅާ ނޫޅޭ ކަމަށް ބުންޏެވެ.

"އަހަންނަށް ފެންނަ ހިސާބަށް ގެނެސްފައި އެ އެއްޗެހި ދޫކޮށްލާފައި އޭގެ ފަހުން ގޮގްލްއަސްކާ ހެދިއެއް އެވެރީ ނޫޅޭ." އޭނާ ބުންޏެވެ. "އެކަމަކު މިކަންތައް ބޮޑުވެގެން ސޯޝަލް މީޑިއާގައި މި ވާހަކަ ވަރަށް ގިނަ ރައްޓެހިންނަށް މިކަންވީ މަޖާ ކަމަކަށް."