އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
19 ސެޕްޓެމްބަރ 2019
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާއްމު ކުރައްވަމުން ރައީސް ވިދާޅުވީ، އޮޑިޓްތަކުން ފެންނަން އޮތް އަދަދުތަކަށް ވުރެން ވެސް އެ ޚިޔާނާތުން ދައުލަތަށް ވި ގެއްލުން މާ ބޮޑު ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ހޯދި ހޯދުންތަކުން ފެންނަން އޮތީ ތިން ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި ބައެއް ރަށްރަށް އެބަހުރި އެގްރީމެންޓެއް ނެތި، ފައިސާ ނުނަގައި ދީފައި. އަދި ކާކަށް ކަން ދިނީ ނޭނގޭ ވެސް 9-10 ރަށް އެބަ އުޅޭ. އެއް ރަށް ދެ މީހުންނަށް ދިނުން ފަދަ އޮޅުންބޮޅުންވެފައި އޮތް ކަމެއް. --ރައީސް
އެންޓި ކޮރަޕްޝަން (އޭސީސީ) އާއި އޮޑިޓް ރިޕޯޓްތަކުގައިވާ ގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުން ދައުލަތަށް ގެއްލުންވީ 1.4 ބިލިއަން ރުފިޔާ އެވެ.
"ދައުލަތަށް ގެއްލުނު ކަަމަށް ނިންމާފައި އޮތީ 91 މިލިއަން ޑޮލަރު، އެހެން ނަމަވެސް މިހާތަނަށް ބެލިބެލުމުގައި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ހަމަޖެހިފައި އޮތް ގޮތުން އަގުކުރީމާ 220 މިލިއަން ޑޮލަރަށް އެބަ އަރާ. މިއީ އަދި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނައި،" ރައީސް ވިދާޅުވި އެވެ.
އެ ރަށްތައް ލިބުނު ފަރާތްތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް 128 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރަށްތަކުގެ ހަމަ އަގަށް ވާނީ އެ ފައިސާ ދައުލަތަށް ލިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ފައިނަލްވުމާ އެކު ރަށްތަކުގެ ހަމަ އަގު ހޯދަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއްބަސްވުން ބާތިލް ކުރަން ޖެހޭ ރަށެއް އޮތް ނަމަ ސަރުކާރުން އެކަން ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެ ފައިސާ ލިބުނު މީހުންގެ ލިސްޓު ބަލައި އޭގެ ތަފްސީލަށް ގޮސް ހަގީގަތް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. --ރައީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް ދޫކޮށްފައިވާ ރަށެއްގެ އެއްބަސްވުން މީގެ ދެ ދުވަސް ކުރިން ވެސް ވަނީ ބާތިލްކޮށްފަ އެވެ.
އެމްއެމްޕީއާރުސީން ޓޫރިޒަމަށް ދޫކުރި ރަށްތަކުގެ ތެރެއިން މިހާރު އޮޕަރޭޓްކުރަމުން އަންނަނީ 12 ރަށެވެ. އިތުރު ހަ ރަށެއް ތަރައްގީ ކުރަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުއަގުގައި ދޫކުރި ރަށްތަކާ މެދު ފިޔަވަޅު އަޅާ އިރު ވިސްނަން ޖެހޭ ކަންކަން އެބަހުއްޓެވެ. ފިޔަވަޅު އަޅަން ޖެހޭނީ ނުވަތަ ހައްލެއް ހޯދަން ޖެހޭނީ އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކޮމިޓީން ކުރަމުން އަންނަނީ ވަރަށް ބުރަ އަދި އުނދަގޫ މަސައްކަތެކެވެ.
"ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި ބައެއް ރަށްރަށް އެބަހުރި އެގްރީމެންޓެއް ނެތި، ފައިސާ ނުނަގައި ދީފައި. އަދި ކާކަށް ކަން ދިނީ ނޭނގޭ ވެސް 9-10 ރަށް އެބަ އުޅޭ. އެއް ރަށް ދެ މީހުންނަށް ދިނުން ފަދަ އޮޅުންބޮޅުންވެފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ ޖަމާކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފް އަށެވެ. އެ ފައިސާ އިން މަނީ ލޯންޑަރިން ހިންގާފައިވާ އިރު މިހާތަނަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު އިތުރު މީހުންގެ މައްޗަށް ދައުވާ ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން މި މަހުގެ ފަހުކޮޅު ފޮނުވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އެ ފައިސާ ލިބުނު މީހުންގެ ލިސްޓު ބަލައި އޭގެ ތަފްސީލަށް ގޮސް ހަގީގަތް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ލޯ ލާރިއެއް ވެސް ރިކަވާ ނުވެ، 10 މިލިއަން ބޭކާރު!
ރެހެންދި ފްލެޓުގެ ފުޓޭޖް ނެގީ 2015 ގައި: ހަމީދު
މަހްލޫފްގެ ތަހުގީގުގައި ގޯހެއް އޮތްތޯ ބަލަންް އެދިއްޖެ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ރަށްތައް ވިއްކައިގެން 4 ބިލިއަން ރުފިޔާ ލިބެން ޖެހޭ
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
އެމްއެމްޕީއާރުސީ މައްސަލަ އަށް އިންސާފެއް ނުލިބޭނެ
ޕީޕީއެމް މެމްބަރުންނަށް ދައުލަތުން ދިން ފައިސާ ނުދައްކާ
ޚިޔާނާތުގެ ފައިސާ ނެގި މީހުންނަށް ތާއީދެއް ނެތް:ރައީސް