Roadha Mihaaru
ޚިޔާނާތުގެ ފައިސާ ނެގި މީހުންނަށް ތާއީދެއް ނެތް:ރައީސް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެގި ކެންޑިޑޭޓުންނަށް ތާއީދެއް ނެތް: ރައީސް

14 މާޗް 2019

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވ. ފެލިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވ. ފެލިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު މަބްރޫކްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ "އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަށް" ތާއީދު ނުކުރައްވާނެ ކަމަށެވެ. ރައީސްގެ ވާހަކައިގައި އިޝާރާތް އެ ކުރައްވަނީ ބޮޑު ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އިރު، ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ވައުދުތައް ފުއްދަން މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާ އިރު، މަޖިލިހަކީ މުހިންމު ދައުރެއް އަދާކުރަން ޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ބައެއް އުސޫލުތައް ގާއިމު ކުރުމަށްޓަކައި ހޯދަން ޖެހޭ ގާނޫނީ ބާރުވެރިކަން މަޖިލިސް މެދުވެރިކޮށް ހޯދަން ޖެހޭ ކަމަށެވެ.

"މިކަން ކުރެވޭނީ އަޅުގަނޑުމެން ވީ ވައުދުތައް ގަބޫލުކޮށް، މިއަށް ތާއީދު ކުރާ ބަޔަކު މަޖިލިހުގައި ތިބެގެން،" މަބްރޫކަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގައި 25 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، ފަހަތަށް ޖެހިވަޑައިގެން ޒުވާނުންނަށް ފުރުސަތު ދޭން ނިންމީ މަޖިލިހަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެވެ. މަޖިލިހަށް ޒުވާން، ލޭގެ ޖޯޝާ އެކީގައި އާ ފިކުރުތަކާއި ޒަމާނީ ބަދަލުތަކެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަކަށް. މަބްރޫކް އެ އިންނެވީ ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.