Roadha Mihaaru

އިންޑިއަން އައިޑަލް 7 އަށް ސޯނޫ، ފަރާ އަދި އަންނޫ އެނބުރި އަންނަނީ

އިންޑިއަން އައިޑޮލް އަކީ އިންޑިއާގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް މިއުޒިކް ޓެލެންޓް ޝޯ އެވެ. މި ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯ މީގެ 10 އަހަރު ކުރިން ފެށީ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އާއި މިއުޒިކް ޑައިރެކްޓަރު އަންނޫ މަލިކު އަދި ކޯރިއޮގްރަފަރު-ޑައިރެކްޓަރު ފަރާ ޚާން ފަނޑިޔާރުންގެ ގޮތުގައި ތިބެގެންނެވެ. އެހެންކަމުން މި ތިން ފަންނާނުންނަކީ މި ޝޯގެ އިންޑިއާ ވާޝަންގެ އޮރިޖިނަލް ފަނޑިޔާރުންގެ ގޮތުގައި ބެލެވިފައިވެ އެވެ.

އިންޑިއަން އައިޑޮލް 7 ގައި ސޯނޫ، ފަރާ އަދި އަންނޫ
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

22 ސެޕްޓެމްބަރ 2016

އިންޑިއަން އައިޑޮލް އަކީ އިންޑިއާގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް މިއުޒިކް ޓެލެންޓް ޝޯ އެވެ. މި ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯ މީގެ 10 އަހަރު ކުރިން ފެށީ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އާއި މިއުޒިކް ޑައިރެކްޓަރު އަންނޫ މަލިކު އަދި ކޯރިއޮގްރަފަރު-ޑައިރެކްޓަރު ފަރާ ޚާން ފަނޑިޔާރުންގެ ގޮތުގައި ތިބެގެންނެވެ. އެހެންކަމުން މި ތިން ފަންނާނުންނަކީ މި ޝޯގެ އިންޑިއާ ވާޝަންގެ އޮރިޖިނަލް ފަނޑިޔާރުންގެ ގޮތުގައި ބެލެވިފައިވެ އެވެ.

އަންނޫ މަލިކު މި ޝޯގެ ހަ ސީޒަނެއްގައި ފަނޑިޔާރުކަން ކޮށްދިން ނަމަވެސް މި ތިން ޖަޖުން އެކުގައި އެހެން ސީޒަނެއްގައި މިހާތަނަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް މި ޝޯގެ މުޅި އާ ސީޒަނެއް ފަށަން މިހާރު ތައްޔާރުވަމުންދާއިރު މި ސީޒަނުގައި ޝޯގެ އޮރިޖިނަލް ޖަޖުންގެ ފެނިގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މިހާރު ވެސް މި ޝޯގެ ބައެއް އިޝްތިހާރުތަކުން ސޯނޫ ނިގަމް ފެންނަމުންދާތީ މި ޝޯގައި ސޯނޫ ބައިވެރިވާނެކަން ވަނީ ޔަގީންވެފަ އެވެ. އަދި ފަރާ މިހާރު ޖަޖްކަންކޮށްދޭ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ 9" ނިމުމުން ފަރާ ވެސް މި ޝޯއާ ގުޅޭނެ ކަމަށްވެ އެވެ. އަދި އަންނޫ އަކީ ހުރިހާ ސީޒަނެއްގައި ވެސް ބައިވެރިވެފައިވާ މީހަކަށް ވާތީ މި ސީޒަނުން ވެސް އޭނާ ފެންނާނެކަމަށްވެ އެވެ.

މި ޝޯ ފަށާ ތާރީޚު އަދި އިއުލާން ނުކުރި ނަމަވެސް އޮޑިޝަންއަށް ރަޖިސްޓްރީކުރުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އިންޑިއަން އައިޑޮލްގެ އާ ސީޒަނެއް ދައްކަން މި ފަށަނީ މި ޝޯ މެދުކެނޑިފައި އޮންނަތާ ތިން އަހަރު ފަހުންނެވެ. މި ޝޯއިން ވަރަށް ކުޅަދާނަ މޮޅު ލަވަކިޔުންތެރިންތަކެއް ބޮލީވުޑަށް ތައާރަފްވެގެން ގޮސްފައި ވެ އެވެ. އޭގެ ތެރޭގައި މޮނާލީ ޓާކޫރު، ނެހާ ކައްކަރް، އަބިޖީތު ސާވަންތު، ރާހޫލް ވައިދްޔާ ފަދަ ލަވަކިޔުންތެރިން ހިމެނެ އެވެ.