Roadha Mihaaru
ޑްރޯން ހަމަލާ އަށް ފަހު އެމެރިކާ ސިފައިން ސައުދީ އަށް

ޑްރޯން ހަމަލާ އަށް ފަހު އެމެރިކާ ސިފައިން ސައުދީ އަށް ފޮނުވަނީ

21 ސެޕްޓެމްބަރ 2019

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ސައުދީ ގައުމީ ތެޔޮ ކުންފުނީގެ ތެލުގެ އިންފްރާންސްޓްރަކްޗާ އަށް ދިން ޑްރޯން ހަމަލާ އަށް ފަހު އެމެރިކާގެ އިތުރު ސިފައިން ސައުދީ އަރަބި އަށް ފޮނުވަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ސައުދީ ގައުމީ ތެޔޮ ކުންފުނީގެ ތެލުގެ އިންފްރާންސްޓްރަކްޗާ އަށް ދިން ޑްރޯން ހަމަލާ އަށް ފަހު އެމެރިކާގެ އިތުރު ސިފައިން ސައުދީ އަރަބި އަށް ފޮނުވަން ނިންމައިފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވީ އެމެރިކާ ސިފައިން ސައުދީގައި އަދާކުރާނީ ދިފާއީ ރޯލެއް ކަމަށެވެ. ސައުދީ އަށް ފޮނުވާ ސިފައިންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ދިފާއީ ވަޒީރު ވިދާޅުވީ ސައުދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އެމެރިކާގެ އެހީ އަށް އެދިފައިވާ ކަމަށެވެ.

ސައުދީގެ އަބްގައިގާއި ޚުރައިސް އަށް މިދިޔަ ހަފުތާގައި ޑްރޯން ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތީން ވަނީ އެއްބަސްވެފަ އެވެ.

ސައުދީ އަށް ފޮނުވާ ސިފައިންގެ އަދަދު ހާމަނުކުރި ނަމަވެސް ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވީ ސައުދީ އަށް ފޮނުވާ ސިފައިންގެ އަދަދު ހާހަކަށް ނާރާނެ ކަމަށެވެ.

ޑްރޯން ހަމަލާގެ ޒިންމާ އެމެރިކާ އާއި ސައުދީން އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ. ނަމަވެސް އީރާނުން އެކަން ދޮގު ކުރެ އެވެ. ސައުދީން ބުނެފައި ވަނީ ޑްރޯން ހަމަލާގެ ފަހަތުގައި އީރާންވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.