23 ސެޕްޓެމްބަރ 2019
ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގީ ގަސްދުގައި ބަޔަކު ރޯކޮށްލައިގެންތޯ ބަލަން ތަހުގީގުކުރާ ޓީމު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގީ ގަސްދުގައި ބަޔަކު ރޯކޮށްލައިގެންތޯ ބަލަން ތަހުގީގުކުރާ ޓީމު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަކީ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިރޭ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހިމެނޭ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ފޭސްބުކްގައި ލިޔުއްވާފައި ވަނީ "އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ.
މުއިއްޒުގެ މި ތުހުމަތާ ގުޅިގެން ނޫސްވެރިން އަންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްް (އެމްއެންޑީއެފް) އާއި ފުލުހުންނާ ވެސް ސުވާލުކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ދެ އިދާރާއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަަމަކު ފުލުހުން ބުނީ ހުޅުޖެހުމުގެ ހަމަލާތައް ތަހުގީގުކުރާ ޓީމާއި ފޮރެންސިކް ޓީމު ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާނުގެ ބޮޑު ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި އިރު އެކަކު މަރުވެ، 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނެވެ. އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިއެސްއިން ނަގައިފި
އަލިފާނުގެ ހާދިސާ މުއިއްޒު ޓެރަރިޒަމާ ގުޅުވީ ހެއްކެއް ނެތި!
މުއިއްޒަށް އަދިވެސް އެއީ "ޓެރަރިސްޓް ހަމަލާއެއް"
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ބާރުގަދަ ގޮވުމާ އެކު، ދެ މީހުންގެ ހަށިތައް ޗިސްވެފައި
ނައިފަރު ބަނދަރުގައި އޮތް ތިން ލޯންޗެއް އަނދައިފި
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އައްޑޫ އަލިފާންގަނޑު ކޮންޓްރޯލް ނުވެ 5 ގަޑިއިރު!
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ