ވޮލީ ޓީމަކަށް ހެދިގެން ގްރީސް މަގުން ނިއު ޒީލެންޑަށް އެތެރެވާން އުޅުނު ސީރިއާގެ ބަޔަކު ގްރީންސް އިން ހައްޔަރުކޮށްފި އެވެ.
26 ސެޕްޓެމްބަރ 2019
ވޮލީ ޓީމަކަށް ހެދިގެން ގްރީސް މަގުން ނިއު ޒީލެންޑަށް އެތެރެވާން އުޅުނު ސީރިއާގެ ބަޔަކު ގްރީންސް އިން ހައްޔަރުކޮށްފި އެވެ.
އެ ގައުމުގެ ވެރިރަށް އެތެންސްގެ އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ އަސްލު ނޫން ޕާސްޕޯޓްތަކެއް ވެސް ގެންގުޅުނު ސީރިއާގެ 10 ފިރިހެނެކެވެ. އެ މީހުން ހައްޔަރުކުރި އިރު އެންމެން ތިބީ އެއްކަހަލަ ހެދުންލައިގެން ކުޅިވަރު ދަބަސް އަޅައި، ދެ ވޮލީބޯޅަ ވެސް ހިފައިގެންނެވެ.
ގްރީސްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ޔުކްރޭންގެ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްތަކެއް ގެންގުޅުނު އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށާއި މިހާތަނަށް ބެލިބެލުމުން އެނގުނީ އެ މީހުން ބޭނުންވީ ގްރީސް މަގުން ނިއު ޒީލެންޑްގެ ޒިއުރިކަށް އެތެރެވާން ކަމަށެވެ.
ގްރީސް އަކީ އެކި ގައުމުތަކަށް ހިޖުރަކުރާ މީހުން ގައުމުތަކަށް އެތެރެވާން އާންމުކޮށް ބޭނުންކުރާ މަގެއް ކަމަށްވެ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް މިފަދަ މައްސަލަތަކުގައި އެ ގައުމުން 36،000 މީހުން އަތުލައިގެންފައިވާ އިރު، މިދިޔަ އަހަރު 32،000 މީހުން ހައްޔަރުކޮށްފައިވެ އެވެ.
ޔުކްރޭން ޕާސްޕޯޓްތަކެއް.
ނަމަވެސް ވޮލީބޯޅަ ޓީމެއް ކަމަށް ހެދިގެން އުޅުނު މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ރަސްމީ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
ސީރިއާއަކީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެ، ރައްޔިތުން ވަރަށް ހާލުގައި އުޅޭ ގައުމެކެވެ. އަދި ހަނގުރާމައާ ހެދި ގައުމުގެ އެތައް ބަޔަކު އެކި ތަންތަނަށް ހިޖުރަކޮށްފައިވެ އެވެ.
ސީރިއާ އަދި ޖޯޑަން މީހަކު ޑީޕޯޓްކުރަނީ
ގްރީސްގެ ބޯޓެއް ބަންޑުންޖަހާލައި 79 މީހުން މަރުވެއްޖެ
ވަގަށް އެތެރެވި ބަޔަކު ލޮރީ ތެރޭގައި މަރުވެއްޖެ
ޕޮލެންޑް ސިފައިންނާއި ރެފިއުޖީންނާ ދެމެދު ކުރިމަތިލުން
ސީރިއާގެ ހަމަނުޖެހުންތަކުގައި ހާހެއްހާ މީހުން މަރު
32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
"ބަޖެޓް ދެނީ ސަރުކާރުން، ޖަވާބުދާރީ ކުރެވެން ޖެހޭނެ"
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ