29 ސެޕްޓެމްބަރ 2019
މީގެ ހަ އަހަރު ކުރިން ދިވެހި ސިނަމާ އަށް ގެންނަން އުޅުނު ފުރަތަމަ އެންތޮލޮޖީ ފިލްމު "4 ހަޅަ" އެންމެ ފަހުން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ހަ އަހަރު ކުރިން ދިވެހި ސިނަމާ އަށް ގެންނަން އުޅުނު ފުރަތަމަ އެންތޮލޮޖީ ފިލްމު "4 ހަޅަ" އެންމެ ފަހުން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މުހައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު އަންނަ މަހުގެ 1 ގައި ސްޓްރީމްކުރަން ނިންމައި، ބައިސްކޯފުން މިހާރު ވަނީ އޭގެ ޓްރެއިލާއެއް ވެސް ދައްކާލައިފަ އެވެ. މި ފިލްމަކީ 2013 އަށް ތާވަލްކުރި ފިލްމެކެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ ފިލްމެކެވެ. ސެގްމަންޓްތައް ޑައިރެކްޓްކުރީ ރަވީ ފާރޫގާއި މޫމިން ފުއާދާއި އަލީ ޝިފާއު (ޗިއްޕެ) ގެ އިތުރުން މީގެ ދެ އަހަރު ކުރިން ފިލްމީ ދާއިރާ ދޫކޮށްލާފައިވާ އަބްދުލް ފައްތާހެވެ.
"4 ހަޅަ" ގެ ހަތަރު ސެގްމަންޓްގެ ތެރެއިން ތިން ސެގްމަންޓްގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދާއި އަހްމަދު ޒަރީރެވެ. އަދި އަނެއް ސެގްމަންޓް ލިޔުނީ މޫމިން ފުއާދެވެ.
މި އަހަރު ކުރީކޮޅު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު ޑައިރެކްޓްކުރި މޫމިންގެ ސެގްމަންޓަކީ "ބައިވެރިޔާ" އެވެ. އޭގެ މުހިއްމު ތަރިންނަކީ ނިއުމާ އާއި އާ އެކްޓަރެއް ކަމަށްވާ އަހުމަދު އައްބާސް އެވެ.
މީގެ ދެ އަހަރު ކުރިން "ހައްދު" ގެނެސް ދިން ފައްތާހުގެ "4 ހަޅަ" ސެގްމަންޓަކީ މަރިޔަމް ޝަކީލާ އާއި އަލީ އާޒިމް (ދޮން އައްޔަ) ފެނިގެންދާ "ދަރި/ފިރި" އެވެ.
ބައިސްކޯފުން ގެނެސްދިން ވެބް ސީރީޒް "އެހެނަސް" ގެ ޑައިރެކްޓަރު ރަވީގެ ސެގްމަންޓަކީ "ގާތިލު" އެވެ. އޭގެ މުހިއްމު ތަރިންނަކީ މަރިޔަމް މަޖުދާ އާއި އައިމިނަތު ރިޝްފާ އެވެ.
ދާދި ފަހުން ކޮމެޑީ ފިލްމި "މާމުއި" ގެނެސްދިން ޗިއްޕެގެ ސެގްމަންޓަކީ އިސްމާއީލް (ކޮޕީ އިއްސެ) އާއި ފާތުމަތު ފަރީލާ ފެނިފެންދާ "ފޮށި" އެވެ.
"4 ހަޅަ" އަށް ބަލާ އިރު، މި ފިލްމުގެ ކޮންމެ ސެގްމަންޓަކީ ވެސް ރާއްޖޭގެ މުޖުތަމައު ތެރޭގައި ހުރި އެކި ކަހަލަ ކުށްތަކަށް އަލިއަޅުވާލައިގެން ގެނެސްދޭ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
މި ޑައިރެކްޓަރުން ރޭންކް ކުރާނީ ކިހިނެއް؟
ޑާކް ރެއިނުން އިތުރު އާ ދެ ފިލްމެއް އިއުލާންކޮށްފި
ދިވެހި ސިނަމާގެ ސުރުހީތައް
ނިއުމާގެ "ނިވައިރޯޅި" ގައި ބޮޑު ކާސްޓެއް
ސިނަމާއިން ބަލައިލަން އެދޭ އާ ޖޯޑުތަކަކީ ކޮބާ؟
ފަސް އަހަރު ފަހުން "ވީ ބޭވަފާ" ސިނަމާ އަށް
"ޕްލޭން ބީ" މި އަހަރު ރިލީޒް ކުރަނީ
މަލްޓި-ސްކްރީނަށް "މާމުއި"
މޫމިންގެ އާ އަހަރުގެ ހަދިޔާ އަކީ "ފީހާލި"