Roadha Mihaaru
މަލްޓި-ސްކްރީނަށް "މާމުއި"

މީޑިއާނެޓްގެ މަލްޓި-ސްކްރީނަށް "މާމުއި"

25 ޖުލައި 2021

މީޑިއާނެޓްގެ މަލްޓި-ސްކްރީނުން ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" މާދަމާ ޕްރީމިއާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީޑިއާނެޓްގެ މަލްޓި-ސްކްރީނުން ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" މާދަމާ ޕްރީމިއާކުރަން ނިންމައިފި އެވެ.

މީޑިއާ ނެޓުން ބުނި ގޮތުގައި މަލްޓި-ސްކްރީންގެ އިތުރުން އެ ކުންފުނީގެ އެމްއެސްޓީވީން ވެސް އެ ފިލްމު މާދަމާ އިން ފެށިގެން ބަލައިލެވޭނެ އެވެ.

"މާމުއި" އަކީ ޑާކް ރެއިނުން 2019 ގައި ގެނެސްދިންް ފިލްމެކެވެ. އަލި ޝިފާއު (ޗިއްޕެ) އިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑާކް ރެއިނުން މި ފަހުން އޮލިމްޕަސް ސްކްރީނަށް ގެނައި އެންމެ ކާމިޔާބު އެއް ފިލްމެވެ. މިއީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ހިމެނޭ ފިލްމުގެ ކާސްޓުންނަކީ ޖުމައްޔިލް ނިމާލު (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، މަރިޔަމް އައްޒަ، އިސްމާއީލް ޖުމައިހް (ޖުމާ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އަބްދުޝާ ޝާފިއު (ފުބޫ)، ޝީލާ ނަޖީބު، އަހުމަދު ސުނީ އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.

"މާމުއި" އަކީ ޖުލައި 1، 2019 ގައި އޮލިމްޕަސް ސިނަމާގައި ދެއްކި ފިލްމެކެވެ. މި ފިލްމުގެ އިތުރުން ޑާކް ރެއިނުން އެ އަހަރު ގެނެސްދިން ކްރައިމް ތުރިލާ "ގޮށްރާޅު" ވެސް ދާދި ފަހުން މަލްޓި-ސްކްރީނުން ޕްރީމިއާކޮށްފައިވެ އެވެ. އެއި އަހުމަދު ޝިނާން ޑައިރެކްޓްކުރި ފިލްމެކެވެ.