Roadha Mihaaru
ކުރިއަށް ދާނީ ޖޭޕީގެ އިސް ސަފާ އެކު: ނިހާން

ކުރިއަށް ދާނީ ޖޭޕީގެ އިސް ސަފާ އެކު: ނިހާން

02 އޮކްޓޯބަރ 2019

ޖުމްހޫރީ ޕާޓީ ކުރިއަށް ދާނީ އެ ޕާޓީ އަށް ކުރިންސުރެ ހިދުމަތް ކޮށްދީފައިވާ ބޭފުޅުންނާއެކުގައި ކަމަށް ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީ ކުރިއަށް ދާނީ އެ ޕާޓީ އަށް ކުރިންސުރެ ހިދުމަތް ކޮށްދީފައިވާ ބޭފުޅުންނާއެކުގައި ކަމަށް ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މިހާރު ކުރާ މަސައްކަތުގައި މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ޕީޕީއެމްގެ މެމްބަރުންނާއި އެ ޕާޓީގެ ބައެއް އެކްޓްވިސްޓުން ދަނީ އެ ޕާޓީއާ ގުޅެމުންނެވެ. މިރޭ ވެސް ވަނީ މަޖިލީހުގެ ކުރީގެ މެމްބަރު، އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) ގެ ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން ރަޝީދާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާންގެ އިތުރުން ބައެއް އާންމުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޖޭޕީ އަށް މެންބަރުން ސޮއިކުރުމަށް ބާއްވާ ހަފްލާތަކުގައި ޕާޓީގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައެއް ނުގަނެ އެވެ. އެގޮތުން މިފަހުން ބޭއްވި ރަސްމިއްޔާތުތަކުގައި ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އެޑްވައިޒަރު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ޕާޓީގައި ހަރަކާތްތެރި، ތިމަރަފުށީ ދާއިރާގެ ޖޭޕީ މެމްބަރު އަބްދުﷲ ރިޔާޒާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

JP soi kuraa hafulaathakun Iss safu gelijje!

JP soi kuraa hafulaathakun Iss safu gelijje!

The most trusted news source in the Maldives

Mihaaru

ޖޭޕީ ގެ ހަރަކާތްތަކުން އިސްސަފު ގެއްލުން---

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި މިރޭގެ ހަފްލާގައި ނިހާން ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެ ޕާޓީ އަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އިހުތިރާމްކުރައްވައިގެން ކަމަށެވެ. ދެން އޮންނަ ރިޔާސީ އިންތިޚާބު އެ ޕާޓީން ކާމިޔާބު ކުރާނީ ލީޑާޝިޕްގެ ބޭފުޅުންނާ އެކުގައި ކަމަށް ނިހާން ވިދާޅުވި އެވެ.

"އެ ބޭފުޅުންނާ އެކު އަތުގުޅާލައިގެން ނުކުމެ 2023ގެ ސަފުތައް ރުކުރުވާލާއިރު މިއީ އަހަރެމެންގެ ފަހަރޭ ބުނެލާ ފަހުރު އިރާދަކުރެވިއްޔާ އަންނަ މަންޒަރު މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަ ކަހަލަ،" ލީޑާޝިޕްގެ އިސް ބޭފުޅުން ނެތް ހަފްލާގައި ނިހާން ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ދައުރުގައި މެމްބަރުކަން ކުރެއްވި ނިހާން ވަނީ ކުރީގެ މެމްބަރުން ސިޔާސީ މައިދާނަށް ވަރަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ. ކުރީގެ މަޖިލިސް މެމްބަރުންނަކީ "ކުޑަ" ބައެއް ނޫން ކަމަށާއި މިއީ އެބޭފުޅުންގެ ތަޖުރިބާ އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ދުވަސްވަރު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. މަޖިލީހުގައި ނޫޅުވައްތީ މިހާރު ލިބޭ ހުސް ވަގުތުތަކަކީ އެބޭފުޅުންގެ "ޕްރޮޑަކްޓިވިޓީ" އެންމެ އިތުރުވާ ދުވަސްތައް ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ކުރިން މެމްބަރުކަން ކޮށްފައިވާ އިތުރު ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ޖުމްހޫރީ ޕާޓީވީމާ ވެރިކަން ނުލިބެންވީ ސަބަބެއް ނެތް ކަމަށެވެ. އެ ޕާޓީން 2023 ގެ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ޖޭޕީގެ ގޮނޑުގައި އާދެވެންޔާ ޖޭޕީން މިތަށި އުފުލާނެ ފަހަރު އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްޓީޑީގައި އުޅުއްވުމަށް ފަހު މިރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވީ އޭނާ އެ ޕާޓީއާ ގުޅެން ނިންމެވީ އެ ޕާޓީން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި "ފިޔަޖަހަމުން" ދާތީ ކަމަށެވެ.

އޭނާގެ ސިޔާސީ ހަޔާތް ފެށި ހިސާބުން ވެސް ގާސިމާ ދޭތެރޭ ދެކެނީ ރޯލްމޮޑެލްއެއްގެ ގޮތުގައި ކަމަށް ޔާމީން ވިދާޅުވެ އޭނާ ވަނީ ގާސިމަށް ވަރަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ.