Roadha Mihaaru
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް

އެންއައިސީ އަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ މައްސަލަ ކޮމިޓީ އަށް

03 އޮކްޓޯބަރ 2019

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު މި ހުޅުވައިލީ އެ ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަރުހާދު މީގެ ދުވަސްތަކެއް ކުރިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވަނީ އެންއައިސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަނޑައަޅައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބެއް ހާމަކުރެއްވި އެވެ.

ރައީސް އިސްކަން ދެއްވި ތަރުތީބު:

1- ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188

2- ކާނަލް ރިޓަޔަޑް އަހުމަދު ޖިހާދު، ވ. ދިވެތި

3- ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ

4- ހައްވާ ލިއުޝާ، ގ. ތުނޑިވެލި

އެ ސިޓީފުޅާ ގުޅިގެން އެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި 26 މީހެއްގެ ނަންތައް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފުރަތަމަ ފޮނުވުމުން އެ ކޮމިޓީން ނަންތައް ދިރާސާކޮށް މަޖިލިހުގެ ތަޅުމަށް ހުށަހެޅި އެވެ. އެކަމަކު، އެކަމާ މެދު ގޮތެއް ނުނިންމައި މަޖިލިހުން ވަނީ އެ ކޮމިޝަނަށް ކުރިމަތިލާން އަލުން ހުޅުވާލަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުއްވައިފަ އެވެ.

އެންއައިސީގެ މެމްބަރު ކަމަށް ދެ ވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައި ވަނީ ކިތައް މީހުން ކަމެއް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަދި ހާމައެއް ނުކުރެ އެވެ.

އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.