28 ނޮވެމްބަރ 2017
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ އޮފީހުން ކުރި އިއުލާނުގައި ބުނީ އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް ފަދަ އިދާރާތަކުގެ މަައްސަލަތައް ބެލުމުގެ ޒިންމާ އުފުލަން ޖެހޭ އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރު ވެފައި ވުމާއި ފުރަތަމަ ޑިގްރީއެއް އޮތް އަދި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
އެންއައިސީގެ އެއް މެމްބަރަކު މަދުވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފު މާނިއު، މިިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ މަގާމުންނާއި ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމުންނެވެ.
މާނިއު އެ މަގާމުން ވަކިކުރީ އެންއައިސީގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.
ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް
އެންއައިސީގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފި
އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން
އެންއައިސީ އަށް އަލުން ކުރިމަތިލާން ހުޅުވާލަން ލަފާދެނީ
ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ރުކްޝާނާ އަށް
ރާއްޖެ އައީ ކިލޯއަކަށްވުރެ ގިނަ ޑްރަގް ދިރުވާލައިގެން!
ޑްރަގު އެތެރެކުރި ބިދޭސީންގެ ޝަރީއަތް ނުނިމި ބަންދުގައި
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟
ޑްރަގް އަތުލުމަށް ފަހު އެ ގެނައި މީހާ ފޮނުވާލައިފި
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފަށައިފި