ކުއްލިއަކަށް ދިމާވާ ހިތުގެ މައްސަލަތައް ދެނެގަންނާނެ ގޮތް ދަސްކޮށްދޭން އޯއެސް މެޑިކަލް އިން "ހާޓް ސޭވް މޯލްޑިވްސް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.
07 އޮކްޓޯބަރ 2019
ކުއްލިއަކަށް ދިމާވާ ހިތުގެ މައްސަލަތައް ދެނެގަންނާނެ ގޮތް ދަސްކޮށްދޭން އޯއެސް މެޑިކަލް އިން "ހާޓް ސޭވް މޯލްޑިވްސް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް ހާއްސަކޮށް އޯއެސް މެޑިކަލް ސެންޓަރުން ހިންގާ މި ކެމްޕެއިނުގައި ކުރިއަށް ގެންދާ ވޯކްޝޮޕްތަކުގައި، ގެނބިގެން ހިތް ހުއްޓޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ހާސްވެގެން ހިތަށް ދިމާވާ މައްސަލަތައް ދެނެގަނެ އަމަލުކުރާނެ ގޮތް ކިޔައިދޭނެ ކަމަށް އޯއެސް މެޑިކަލް އިން ބުންޏެވެ.
އޯއެސް މެޑިކަލް އިން ބުނީ އާންމުން މިފަދަ ކަންކަމަށް ހޭލުންތެރި ކުރުމުން، ކުއްލި ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރެވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. މި ކެމްޕެއިނުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހާއްސަ ވޯކްޝޮޕްތައް ވެސް ހިންގާނެ އެވެ.
އޯއެސް މެޑިކަލް އިން ވަނީ ހިތަށް ދިމާވާ މައްސަލަތައް ދެނެގަންނާނެ ގޮތް ދަސްކޮށްދޭން ވޯކްޝޮޕްތަކެއް ހިންގަން ނިންމާފައި
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 30 މީހަކު ގެނބިގެން މަރުވެ އެވެ. އެހެންވެ، ގެނބޭ މީހުން ނެގުމަށް ފަހު ދެން ކަންތައް ކުރަންޖެހޭ ގޮތް ވެސް ކިޔައިދޭނެ އެވެ. އެގްޒިބިޝަނަށް ދާ މީހުންނަށް ވެސް މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ހެނދުނު 11:00 އިން މެންދުރު ފަހު 1:00 އަށް ދަރުބާރުގޭގައި މިކަމާ ގުޅޭ މައުލޫމާތު ދޭނެ އެވެ.
މި ވޯކްޝޮޕްތަކުގައި ބޭނުންކުރާ "ޒޯލްސް ހާޓް ޝޮކް މެޝިން" އަކީ މެޑްޓެކް އިން ރާއްޖެ އެތެރެކުރާ މެޝިނެކެވެ. އެމެރިކާގެ މި އުފެއްދުމަކީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާ، މަގުބޫލު ބްރޭންޑެކެވެ.
ދާދި ފަހުން ހުޅުވި އޯއެސް މެޑިކަލް ސެންޓަ ކްލިނިކުގައި ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ޑޮކްޓަރުން ހިދުމަތްދެ އެވެ.
ޝެފް ވިލްމެންޓް ލިއޮންގްގެ މާސްޓާކްލާސް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
އެމްއެޗްއޭއަށް މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް
ހަވާއެރުވުމާއެކު އަވަސް އެޕްގެ ހާއްސަ ހަރަކާތެއް
އެމްއޭސީއެލް މެރިޓް އެވޯޑު ސީއެޗްއެސްއީގެ 4ދަރިވަރަކަށް