ތައިލޭންޑް ކަލިނަރީ އެކަޑަމީގެ ފައުންޑާ ޗެއާމަން ޝެފް ވިލިމެންޓް ލިއޮންގްގެ ޚާއްސަ މާސްޓާ ކްލާހެއް ބާއްވައިފި އެވެ.
27 އޯގަސްޓް 2017
ތައިލޭންޑް ކަލިނަރީ އެކަޑަމީގެ ފައުންޑާ ޗެއާމަން ޝެފް ވިލިމެންޓް ލިއޮންގްގެ ޚާއްސަ މާސްޓާ ކްލާހެއް ބާއްވައިފި އެވެ.
މާސްޓާ ކްލާސް ބާއްވާފައިވަނީ އެކްޒިބިޝަން އެންޑް ކޮންފެރެންސް ސާވިސް (މެކްސް) އާއި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގުޅިގެންނެވެ.
ބީބީއެމް އިން ބުނީ މިއީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ހޮޓެލް އޭޝިއާ އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ކްލާހެއް ކަމަށެވެ. އަދި މި ކްލާހުގައި 60 ރިސޯޓަކުން، 145 ފަރާތަކުން ބައިވެރިވި ކަމަށެވެ.
ހޮޓެލް އޭޝިއާގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ ބީބީއެމް އެވެ.
އެ ކްލާހަށް ފަހު ޝެފް ވިލިމެންޓްގެ "ޑަލީ ޑަކް ރޭންޖް" ޑިޝް ތައާރަފްކުރި އެވެ. އަދި ހޮންގް ކޮންގު ގައި ބޭއްވި ހޯފެކްސްގެ ސަސްޓޭނަބަލް ސީފުޑް ކެޓަގަރީން ހަލިބުޓް ބޭނުންކޮށްގެން ޑިޝް ތައްޔާރުކޮށް ރިހި ސަނަދު ހޯދާފައިވާ ޝެފް އަހްމަދު ފަތީން އާއި ޝެފް އިސްމާއީލް ނަސީރުގެ ހުށަހެޅުންތައް ވެސް ކުރިއަށް ދިޔަ އެވެ.
ޝެފް ފަތީން އާއި ނަސީރުގެ ހުށަހެޅުންތައް ކުރިއަށް ދަނީ-- ފޮޓޯ: ބީބީއެމް
ބީބީއެމްގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ މިފަދަ ކްލާސްތަކާ އެކު ދިވެހި ޝެފުން ބައިނަލްއަގްވާމީ ފެންވަރަށް ބައްޓަން ކުރެވޭނެ ކަމަށެވެ. އަދި ބޭރަށް ފޮނުވައިގެން ދިވެހި ޝެފުން ތަމްރީނުކުރުމަށް އެ ކުންފުނިން ވަރަށް އިސްކަންދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ބީބީއެމް އިން ގަބޫލު ކުރަނީ ފައިދާކުރަނިވި މައުލޫމާތު ހޮސްޕިޓަލިޓީ ސިނާއަތާ އަދި ހާއްސަކޮށް އެފް އެންޑް ބީ ދާއިރާ އަށް ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް. އެފް އެންޑް ބީގެ ދާއިރާއިން ރާއްޖެ ކުރިއަރަމުންދާ ތަފާތު އެކި ސެކްޓާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާ، އަދި ރާއްޖޭގެ ޝެފުން ތަމްރީނުކުރުމަށް ބޭރަށް ފޮނުވުމަށް ބީބީއެމް އިން އިސްކަންދެން،" މަޒްލޫމް ވިދާޅުވި އެވެ.
ޝެފް ވިލްމެންޓް ލިއޮންގް ކްލާސް ނަގައިދެނީ-- ފޮޓޯ: ބީބީއެމް
މެކްސްގެ ޖެނެރަލް މެނޭޖަރު ހުސްނީ ރައުފް ވިދާޅުވީ މި އަހަރުގެ ހޮޓެލް އޭޝިއާގައި ރިކޯޑް އަދަދެއްގެ ބައިވެރިން ފެނިގެންދާނެ ކަމަށެވެ. އެގޮތުން 600 ބައިވެރިންނާ އެކު 2،000 ބްރޭންޑް ދައްކުވާލަން 175 ސްޓޯލް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ހޮޓެލް އޭޝިއާގައި 35 ގައުމު ރަމްޒުކޮށްދޭނެ ކަމަށެވެ. އަދި ހޮޓެލް އޭޝިޔާގެ އިންޓާނޭޝަނަލް ކަލިނަރީ ޗެލެންޖް ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި އަހަރުގެ ޗެލެންޖް އޮނާނީ 22 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ މައިގަނޑު އިނާމުތަކަކީ މޯސްޓް އައުޓްސްޓޭންޑިންގް ޝެފް، މޯސްޓް އައުޓްސްޓޭންޑިންގް ޕޭސްޓްރީ ޝެފް، ޓޮޕް މޯލްޑިވިއަން ޝެފް، ބެސްޓް ކަލިނަރީ އެސްޓެބްލިޝްމަންޓް، އަލަން ޕާމާ ޗެލެންޖް ޓްރޯފީ އަދި ޖަޖުންގެ ހާއްސަ އިނާމުތަކެވެ.
ދިވެހި ޝެފުންނަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި
ހޮޓެލް އޭޝިއާ ފަށައިފި، 150 އަށް ވުރެ ގިނަ ސްޓޯލް
ހޮޓެލް އޭޝިއާގެ ޕްރީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
ޓްރޭނިންތަކަކަށް އައިރެކްސްގެ މާސްޓާ ޝެފް ރާއްޖޭގައި
ބެސްޓްބައި އިން ފަހުގެ ސެމްސަންގް ފޯނުތައް ޕްރިއޯޑަރަށް
ހޮޓެލް އޭޝިއާ:ހޮސްޕިޓަލިޓީ ދާއިރާގެ ހުރިހާ އުފެއްދުމެއް
ހިތަށް ދިމާވާ މައްސަލަތައް ކިޔައިދޭ ކެމްޕޭނެއް
މާސްޓާ ޝެފުންނާ އެކު ދިވެހި ޝެފުންނަށް ކްލާސްތަކެއް
ހޮޓެލް އޭޝިޔާ ފެއާ ހޯމަ ދުވަހު ފަށަނީ
ޝެފުން: މިއީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް