މެންޗެސްޓާ (ސެޕްޓެމްބަރު 24) - މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ ސިޓީ އަދިވެސް ވަރަށް ވަރުގަދަ ކަމަށާއި އެ ޓީމާ ދެކޮޅަށް މިއަދު ކުޅޭ މެޗު ވަރަށް އުނދަގޫވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
24 ސެޕްޓެމްބަރ 2016
މެންޗެސްޓާ (ސެޕްޓެމްބަރު 24) - މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ ސިޓީ އަދިވެސް ވަރަށް ވަރުގަދަ ކަމަށާއި އެ ޓީމާ ދެކޮޅަށް މިއަދު ކުޅޭ މެޗު ވަރަށް އުނދަގޫވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވި ޔުނައިޓެޑަށް ހަމަނޭވާއެއް ލެވެން އޮތީ މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެންނެވެ. އެކަމަކު އެއީ ފަސޭހަކަމެއް ކަމަށް މޮރީނިއޯ ނުދެކެ އެވެ.
"ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރެވުނީ ބޮޑެތި ބައެއް ޓީމުތަކަށް ރަނގަޅު ނަތީޖާ ނުނެރެވުމުން. އެކަމަކު ހަގީގަތަކީ ލެސްޓާ ވެސް ވަރަށް މޮޅުވުމުންކަން ލީގު ނެގޭނީ. އަދިވެސް އެއީ ވަރުގަދަ ޓީމެއް،" މޮރީނިއޯ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި ލެސްޓާއާ ދެކޮޅަށް ކުޅޭ މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެ ޓީމު ކޮޅަށް ގޯލް ޖެހުން ވެސް އެހާމެ އުނދަގޫ ކަމަށެވެ.
"މިއީ ހުރިހާ ގޮތަކުން ވެސް އުނދަގޫ މެޗެއް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީގެ ކުޅުން ދަށްވެފައިވާއިރު އޭނާ އަށް މި މެޗުން މޮރީނިއޯ ފުރުސަތު ނުދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މޮރީނިއޯ ބުނީ ސްލޮވާކިއާ އަތުން 1-0 އިން އިންގްލެންޑް މޮޅުވި މެޗުގައި ރޫނީ އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ އަށް އަސަރުކޮށްފައިވާ ކަމަށެވެ.
"ސްލޮވާކިއާ މެޗުގެ ކުރިން ފެނުނު ރޫނީއެއް ނޫން މިހާރު ފެންނަނީ. އިނގިރޭސި ފުޓްބޯޅައިގެ އެހާ މުހިއްމު ކުޅުންތެރިޔަކަށް އެގޮތަށް ފާޑުކިޔައިގެން ނުވާނެ،" މޮރީނިއޯ ބުންޏެވެ.
ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ ޔުނައިޓެޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނަން ބިރު ނުގަންނަ ކަމަށެވެ.
"ކީއްވެ އަހަރެމެން ބިރުގަންނަންވީ؟ ބަލިވިޔަސް އަހަރެމެން ހިތްހަމަޖެހުން ހޯދާނަން 70،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެގެން. އަހަރެން ބޭނުމެއް ނުވޭ ކުޅޭ ދެ ޓީމު އެކަނި ތިބޭ މެޗުތަކަށް ދާން. މިފަދަ ބޮޑެތި ސްޓޭޑިއަމްތަކުގައި ކުޅޭއިރު ކުޅުންތެރިންގެ ޖޯޝް އާލާވާނެ،" ރަނިއޭރީ ބުންޏެވެ.
އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:30 ގަ އެވެ.
މޮޅުވިޔަސް ފުރަތަމަ ހާފު ދިޔައީ ކުންޏަށް: ޓެން ހަގް
ޔުނައިޓަޑް ބަލިވެ، ސިޓީ އަށް ލީގު ކަށަވަރުވެއްޖެ
ރަނިއޭރީ ޕްރެޝަރުގައި، މޮރީނިއޯ ބޭނުމީ ގޯލުތަކެއް
ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި