ފުވައްމުލަކުގެ ތުނޑި އާދަޔާ ހިލާފަށް ބޮޑުވުމާ އެކު އެ ރަށުގެ ރައްޔިތުންނަށް ލިބުނު އުފަލާއި ރަށުގެ ހިތްގައިމު އެ މަންޒަރުން އެތައް ބައެއްގެ ހިތްހަމަޖައްސައިދީފި އެވެ.
13 އޮކްޓޯބަރ 2019
ފުވައްމުލަކުގެ ތުނޑި އާދަޔާ ހިލާފަށް ބޮޑުވުމާ އެކު އެ ރަށުގެ ރައްޔިތުންނަށް ލިބުނު އުފަލާއި ރަށުގެ ހިތްގައިމު އެ މަންޒަރުން އެތައް ބައެއްގެ ހިތްހަމަޖައްސައިދީފި އެވެ.
ކުރިން ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ އެ ތުނޑި، ރަށުގެ އާންމު ނަމުން ނަމަ ތޫނޑު، މިދިއަ 15-20 އަހަރުގެ ތެރޭގައި މިހާ ބޮޑު ނުވާ ކަމަށް، ފުވައްމުލަކުގެ ބައެއް މީހުން ބުނެ އެވެ. މި ދުވަސްކޮޅު ފަސް އަރާފައި އޮތްލެއް ގިނަކަމުން، 80-100 މީޓަރަށް ތުނޑި ވަނީ ދެމިފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ އިސް ވެރިއަކު "މިހާރު" އަށް ވިދާޅުވީ އެހާ ވަރަށް ތުނޑި ބޮޑުވީ މިދިއަ ހަފުތާގައި ކަމަށެވެ.
"ކުރީގައި ނަމަ އެވަރަށް ތުނޑި އޮވޭ. އެކަމަކު މިދިޔަ 15 ނުވަތަ 20 އަހަރު ތެރޭ އެހާ ބޮޑުވެފައި އޮތް ތަނެއް ނުފެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
People’s are enjoying at thoondu. #fvmthundi pic.twitter.com/Aazmfy2OAu
— Mob byn (@MubeenIbrahim2) October 11, 2019
ހިތްގައިމު އެތައް ސިފައެއް ލިބިފައިވާ ފުވައްމަލުގެ ރައްޔިތުން މިދިއަ ހުކުރާއި ހޮނިހިރުދުވަހު ވަނީ ތުނޑީގައި އުފާ ފާޅުކޮށްފަ އެވެ. އެގޮތުން ތުނޑީގައި ވަގުތު ހޭދަކުރި މީހުންގެ އަދަދު 2،000 އަށް އަރާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.
"އެހާ ގިނަ މީހުން އެއްފަހަރާ ޖަމާވެފައިވާ ތަން އާންމުކޮށް ފެންނަނީ ރޯދަމަހާ ދިމާކޮށް މި ސިޓީގައި ބާއްވާ މާހެފުން ފެސްޓިވަލުގައި. ވަރަށް އުފާވެރި މަންޒަރެއް ފެނުނީ،" ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
ދަތުރު ދިއުމުގެ އިތުރުން ހަވީރު ވަގުތު ވެސް ގިނަ ބަޔަކު ތުނޑީގެ ހިތްގައިމުކަން ދެކިލަން ޒިޔާރަތްކުރެ އެވެ.
ދަތުރު ދިޔަ މީހުންނަށް ލިބުނު އަނެއް ނަސީބަކީ އެ ސަރަހައްދުގެ ރާޅުތައް ވެސް ހަފުތާ ބަންދުގައި ކުޑަވުމެވެ. އެހެންކަމުން މޫދު ކުޅިވަރުތައް ވެސް ހާސްކަމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ.
ފުވައްމުލަކު ތުނޑީގައި ޗުއްޓީ ދުވަސް ހޭދަކުރަނީ: މިދިޔަ ހަފްތާ ބަނދުގައި އެތަނަށް 2000 މީހުން ޒިޔާރަތްކުރި ކަަމަށް ބެލެވޭ -- ފޮޓޯ: އަބްދުﷲ އާސިފް، ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެނުނީ ފުވައްމުލަކަށް އީދެއް އައިސްފައިވާ މަންޒަރެވެ.
ފުވައްމުލަކު ތުނޑިއަށް ކުއްލި އާ ދިރުމެއް މި އައީ ރަށް ގިރުމުގެ މައްސަލަ ވެސް ދިމާވެފައިވާ ދުވަސްވަރެއްގަ އެވެ. ރަށުގެ ބައެއް މީހުން ގެންދަނީ ތުނޑި ހިމާޔަތްކުރަން ވެސް ގޮވާލަމުންނެވެ.
ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ޖަހާނެ ފަރާތެއް ހޯދަން ސަރުކާރުން މިދިޔަ ހަފްތާ ބިޑަށް ހުޅުވާލި ކަމަށް ފުވައްމުލަކު ކައުންސިލުން ބުންޏެވެ.
ފުވައްމުލަކުގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ "ވަން ފުވައްމުލައް" ގެ ނައިބު ރައީސް އަޝްރަފް ނުއުމާން ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފެންނަނީ ބަނދަރު ހަދާފައިވާ ސަރަހައްދުން ކަމަށެވެ.
ތުނޑި އާއި އެހެން ދިމަދިމާލުން ވެލި ނެގުން މަނާކޮށްފައި އޮތަސް، އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުން އަދިވެސް ގެންދަނީ ވެލި ނަގަމުންނެވެ.
"ރަށު ތުނޑިއަށް ވެލި އިތުރުވާ ތިން ޗެނަލެއް އޮވޭ. ތުނޑިން ވެލި ނުނަގާ ނަމަ ނުވަ ވަރަކަށް އަހަރު ތެރޭގައި ކުރިން އޮތް ވަރަށް ތުނޑި ބޮޑުވާނެ ކަމަށް ބެލެވޭ،" އަޝްރަފު ވިދާޅުވި އެވެ.
ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ޕްރޮގްރާމެއް
ވާލުގެ އުނދަގޫ ބޮޑުވުމުން ބަޑިޖަހައިގެން މަރަނީ!
ފުވައްމުލަކު ކައިރިއަށް ފީނުމަށް ފީ ނުނަގާނެ
ކުދި ވިޔަފާރިތަކަށް ފުވައްމުލަކު ކައުންސިލުން ލޯނު ދެނީ
ފީނަން ފީއެއް ނަގާތީ ޑައިވަރުން އިހުތިޖާޖަށް
ފުވައްމުލަކުގައި ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެއްޖެ