Roadha Mihaaru
އެމްޑީއެން އުވާލަން ޖެހޭ: އިލްމުވެރިން

އެމްޑީއެން އުވާލަން އިލްމުވެރިން ގޮވާލައިފި

14 އޮކްޓޯބަރ 2019

އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެ އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން މިއަދު ގޮވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެ އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން މިއަދު ގޮވާލައިފި އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ލިޔެފައިވާތީ މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފަ އެވެ. އަދި ފުލުހުންވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

MDN suspend koffi

MDN suspend koffi

The most trusted news source in the Maldives

Mihaaru

އެމްޑީއެން ސަސްޕެންޑް ކުރުން---

ދީނީ އިލްމުވެރިންތަކެއް ޝީ ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ގާނޫނީ ކުށަކަށް ވާއިރު އެމްޑީއެންގެ މީހުން ވަނީ އެ ކުށަށް އަރައިގެންފަ އެވެ. އެއީ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ޖަމިއްޔާތަކާ ބެހޭ ގާނޫނާ ވެސް ހިލާފަށް އެމްޑީއެންއިން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މިއަދު ބޭއްވި ނިއުސް ބްރީފިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިސްލާމްދީނަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މިއަދު ބޭއްވި ނިއުސް ބްރީފިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނު ބުނާގޮތުން އިސްލާމް ދީނާ ދޭތެރޭ ހިލާފު އުފެދޭ ކަންކަން ކުރުމަކީ ކުށެކެވެ. ގާނޫނުއަސާސީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ދީފައިވަނީ އިސްލާމް ދީންގެ އަސްލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެމްޑީއެންގެ ރިޕޯޓްގައި އެކަންކަމަށް ފުރައްސާރަ ކޮށްފައިވާތީ އެއީ އަދަބު ލިބެން ޖެހޭ ކުށެއް ކަމަށް ޝެއިހް އަލީ ޒާހިރު ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ޝެއިހް އަލީ ޒާހިރު (މ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ނިއުސް ބްރީފިންގައި ޝެއިހް އަލީ ޒާހިރު (މ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިއަށްވުރެ ބޮޑަށް ދީނަށް ގޮންޖެހުމެއް ނެތް. ރިޕޯޓް ހެދި މީހުން ވަނީ ޝައްކެއް ނެތް މިންވަރަށް ގާނޫނީ ކުށެއް ކޮށްފައި. އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭ،" ގިނަ ދީނީ އިލްމުވެރިން ބައިވެރިވި ބައްދަލުވުމުގައި ޝެއިހް ޒާހިރު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރާނަމަ ކޮންމެ މުސްލިމަކުވެސް ލޭކެކޭނެ ކަމަށާއި ނަމަވެސް ނޭދެވޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

ޓެރަރިޒަމްގެ ލަގަބު އަޅުވާފައި ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށާއި އެކަމަކު އެފަދަ ނޭދެވޭ ކަންކަން މުސްލިމުން ކޮށްގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޝެއިހް އިލްޔާސް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޝެއިހް އިލްޔާސް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެހެން ހުރިހާ އެއްޗަކަށް ވުރެ ކީރިތި ރަސޫލާ ދެކެ ލޯބިވުމަށް މާތް ﷲ އަންގަވާފައިވާ އެންގެވުމަށް މުސްލިމުން ތަބާވާން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި އެކަމުގެ ތަފްސީލާ އެކު ވަރަށް އަވަހަށް ދަރުސްތަކެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓުން އިލްމުވެރިން ފާހަގަ ކުރެއްވި ކަންބޮޑުވުން.

- އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައި ވުން

- ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށް ބުނެ އެއީ ފްލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކުރުން.

- ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރު ދޭކަމަށް ބުނުން.

- ރަސޫލާ ދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުން.

- ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނާޅަދާން ހިތްވަރު ލިބޭ ކަމަށް ބުނުން.

- ޔަހޫދީންގެ ނުބައި ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނާޅައިި ދިއުން ކަމަށް ބުނުން.

އެ ރިޕޯޓަކީ މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓަކަށް ވާތީ އިލްމުވެރިންގެ ފަރާތުން ވަނީ ތިން ކަމެއް ކުރަން އިލްތިމާސް ކޮށްފަ އެވެ.

އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު ޝެއިހް މުހައްމަދު ލަތީފް މިއަދުގެ ނިއުސް ބްރީފިންގައި ބައިވެރިވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު ޝެއިހް މުހައްމަދު ލަތީފް މިއަދުގެ ނިއުސް ބްރީފިންގައި ބައިވެރިވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަން އިއުލާން ކުރައްވަމުން އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު ޝެއިހް މުހައްމަދު ލަތީފް ވިދާޅުވީ އެމްޑީއެންގެ ބޭފުޅުންގެ މައްސަލަތައް ބަލައި އެ ޖަމިއްޔާ އުވާލުމަށް އެދިލައްވާ ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ކަންކަން ވަގުތުން ހުއްޓުވުމަށް ކަމާ ބެހޭ ހުރިހާ އިދާރާ އަކަށް ގޮވާލެއްވި އެވެ.

އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ކޮންމެ ކަމަކާ ދެކޮޅަށް ހުރިހާ އިލްމުވެރިން އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް ގޮވާލެއްވި އެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީންގެ ރަނގަޅު މައުލޫމާތު ދިނުމަށް މައިންބަފައިންނަށް ގޮވާލެއްވި އެވެ.