19 އޮކްޓޯބަރ 2019
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުސް އޮފީހުން މިރޭ ބުނީ މަރުގެ އިންޒާރު ދޭ ހުރިހާ މައްސަލައެއް އެތަނުން ތަހުގީގު ކުރާ ކަމަށާއި ސީޕީ ހަމީދަށް ވެސް އެ ފަދަ އިންޒާރެއް ދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު، އިސްލާމް ދީނާ ޚިލާފު ގިނަ ވާހަކަތަކެއް ހުރި ރިޕޯޓުގެ މައްސަލައިގައި ހަމީދާ ދެކޮޅަށް ވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ އޭނާ އަކީ އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވެފައި މިހާރު އޭނާ ހުންނެވި މަގާމުގެ ގޮތުން، ރިޕޯޓުގެ މައްސަލަ އެންމެ އިންސާފުވެރިކަމާއެކު ތަހުގީގު ނުކުރެވޭނެ ކަމަށް ބުނެ އެވެ.
އެމްޑީއެން އަށް ފިިޔަވަޅު ނާޅައިގެން ނުރުހުން ފާޅުކުރި މީހަކު ވަނީ ތޫނު އެއްޗަކުން ހަމީދަށް ހަމަލާދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އެމްޑީއެން އާއި ޕޮލިސް ކޮމިޝަނަރާ ގުޅުވައިގެން ޓްވިޓާގައި މިއަދު މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ބުނީ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން، އެއްވެސް އިރެއްގައި ހަމީދު އެ ޖަމިއްޔާގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. އޭނާ އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވީ ފުލުހުންގެ މަސައްކަތާ ދުރުގައި ހުންނެވި އިރު ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ، އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ފުލުހުން ބުނިގޮތުގައި ރިޕޯޓުގެ ތަހުގީގަށް އެ ޖަމިއްޔާގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންނަނީ ޗިޓު ފޮނުވަމުންނެވެ.
އެމްޑީއެންއަށް ފިޔަވަޅުއަޅަން 100 ކައުންސިލުން އެދެފި
ޝަހިންދާއަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
ޝަހިންދާ އާއި އަޒްރާ ތަހުގީގަށް ހާޒިރުވާން ދެ ހަފުތާ!
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
ކޮމިޝަނަރު ވަކިކޮޅަކަށް ނުޖެހޭ، ޕްރޮފެޝަނަލް:އިމްރާން
އަނިޔާވެރިކަމަށް ގޮވާލާ ނަމަ ފިޔަވަޅުއަޅާނެ: އިމްރާން
އެމްޑީއެން އުވާލަން ޖެހޭ: އިލްމުވެރިން
އެމްޑީއެންގެ ރިޕޯޓް ލިއުނު މީހުން ރާއްޖޭގައި ނެތް!
ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި
އެންމެފަހުން އެމްޑީއެން އުވާލަން ނިންމައިފި