16 އޮކްޓޯބަރ 2019
ސަރުކާރުގެ އެކްޝަން ޕްްލޭނުގައި އިންޓަނެޓް އަގު ހެޔޮކުރުމުގެ މަސައްކަތް މި އަހަރަށް ކަނޑައަޅާފައި ނެތުމުން، އެކަން މި އަހަރުގެ ތެރޭގައި ނުވާނެ ކަމަށް ބެލެވެން ފަށައިިފި އެވެ. އެކަމަކު ރައީސް އޮފީހުން ބުނީ އެކަމާ ބެހޭ ގޮތުން ޓެލެކޮމް ކުންފުނިތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ކުރާ މަޝްވަރާތައް އަދިވެސް ނުނިމޭ ކަމަށެވެ.
ސަރުކާރުގެ އެކްޝަން ޕްްލޭނުގައި އިންޓަނެޓް އަގު ހެޔޮކުރުމުގެ މަސައްކަތް މި އަހަރަށް ކަނޑައަޅާފައި ނެތުމުން، އެކަން މި އަހަރުގެ ތެރޭގައި ނުވާނެ ކަމަށް ބެލެވެން ފަށައިިފި އެވެ. އެކަމަކު ރައީސް އޮފީހުން ބުނީ އެކަމާ ބެހޭ ގޮތުން ޓެލެކޮމް ކުންފުނިތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ކުރާ މަޝްވަރާތައް އަދިވެސް ނުނިމޭ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އޮފީސްތަކުން ބާއްވަމުން އަންނަ "ނުވަ ގަޑި" ސިލްސިލާގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ އިންޓަނެޓްގެ އަގު މި އަހަރު ހެޔޮކުރަން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ނެތް ކަމަށެވެ.
ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ޚިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރާއި 2021 ވަނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ. ހަމްދާން ވިދާޅުވީ އެ މަ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
އިންނެޓްގެ އަގު މި އަހަރު ހެޔޮ ކުރަން ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނާފައި ނުވިޔަސް، ވެރިކަމުގެ ފުރަތަމަ އަހަރު އިންޓަނެޓް އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
"އަޅުގަނޑުމެންގެ އެކްޝަން ޕްލޭންގައި ކަނޑައަޅާފައި އޮތީ މި އަހަރު އެކަން [އިންޓަނެޓް އަގުހެޔޮކުރުމުގެ ކަންތައް] ކުރާކަށް ވެސް ނޫން. އަޅުގަނޑަށް ހީވަނީ މިސްކޮމިއުނިކޭޝަނެއް ހެން، އަޅުގަނޑު ދުށިން މީޑިއާގައި ޖައްސަވާފައި އޮއްވާ މި އަަހަރުގެ ތެރޭގައި އެކަން ކުރާ ކަަމަށް ރަައީސް ވިދާޅުވިއޭ،" ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުމުގެ ކަންތައް ރައްޔިތުން އުއްމީދުކުރާހާ އަވަަހަށް ނުވެގެން އުޅެނީ އެއީ އުނދަގޫ ގިނަ ކަންތައްތަކަށް ބަލައިގެން ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށެވެ.
އިންޓަނެޓް އަގުހެޔޮކުރުމާ ބެހޭ ގޮތުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެންމެ ފަހުން ވިދާޅުވެފައި ވަނީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ބާރު އޮތީ ރައީސްއޮފީހަށް
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި
ވަޒީރުންގެ މައްސަލަ ގެންނަން ޖެހެނީ އަޅުގަނޑާ ހަމައަށް
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު
ދިރާގުގެ ނިންމުމުން އެކަށީގެންވާ ލުޔެއް ލިބޭނެ: މަލީހް
މަލީހު، ފޯނަކީ ކުޅޭ އެއްޗަކަށް ހެދިޔަ ނުދީ
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް
އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ: މަލީހް
މަލީހު ބައިވެރިވި ކޮމެޓީގައި ވެސް އިންޓަނެޓްގެ ހުރަސް!