ދ. އަތޮޅުގައި އޮންނަ ކަނޑިމާ މޯލްޑިވްސް އަކީ ވެލާތަކަށް ވެސް މަގުބޫލު ރިސޯޓެކެވެ. އެ ރިސޯޓުން ބުނާ ގޮތުން ނަމަ ކޮން ދެ ހަފުތާއަކުން އެ ރިސޯޓުގެ ފުއްޓަރު ފަރާތުން ވެލާތައް ފެނެ އެވެ. އެއީ ފުއްޓަރު ފަރާތުގައި ބޮޑު ފަސްގަނޑެއް އޮތުމާއި ވެލާތަކަށް އެ ސަރަހައްދު ހިތްގައިމު ވީމަ އެވެ. އެކަމަކު، އާންމުންނަށް މީގެކުރިން ނުފެންނަ މަންޒަރެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.
18 އޮކްޓޯބަރ 2019
ދ. އަތޮޅުގައި އޮންނަ ކަނޑިމާ މޯލްޑިވްސް އަކީ ވެލާތަކަށް ވެސް މަގުބޫލު ރިސޯޓެކެވެ. އެ ރިސޯޓުން ބުނާ ގޮތުން ނަމަ ކޮން ދެ ހަފުތާއަކުން އެ ރިސޯޓުގެ ފުއްޓަރު ފަރާތުން ވެލާތައް ފެނެ އެވެ. އެއީ ފުއްޓަރު ފަރާތުގައި ބޮޑު ފަސްގަނޑެއް އޮތުމާއި ވެލާތަކަށް އެ ސަރަހައްދު ހިތްގައިމު ވީމަ އެވެ. އެކަމަކު، އާންމުންނަށް މީގެކުރިން ނުފެންނަ މަންޒަރެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.
ކަނޑިމާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި މިދިޔަ ބުދަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ އެ ރިސޯޓުގެ އިރު ދެކުނު ފަރާތުގައި ހުންނަ ވިލާތަކުގެ ތެރެއިން ވިލާއެއްގެ ސްވިމިން ޕޫލް ތެރޭގައި ވެލައެއް އޮއްވަ އެވެ. އަދި ވަރަށް މަސައްކަތުން އެ ވެލާ ޕޫލުން ނަގައި މޫދަށް ދޫކޮށްލި މަންޒަރެވެ.
މިއީ ކަނޑިމާ ރިސޯޓުގެ ޓޫރިސްޓުންނާއި މުވައްޒަފުން އަލަށް ތަޖުރިބާކުރަން ޖެހުނު ކަމެކެވެ.
ރިސޯޓުގެ މެނޭޖަރު އަބްދުﷲ އަބޫބަކުރު "މިހާރު" އަށް ރޭ ވިދާޅުވީ ރިސޯޓަކީ އާންމުކޮށް ބޮޑެތި ވެލާ އަރާ ރަށެއް ކަމަށެވެ. އެކަމަކު، ރިސޯޓުގެ ބީޗު ވިލާތައް ހުންނަ އިރު ދެކުނު ފަރާތަކީ އާންމުކޮށް ވެލާ ފެންނަ ސަރަހައްދެއް ނޫން ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ކަނޑިމާ ރިސޯޓުގެ ޕޫލެއް ތެރެއަށް ވެއްޓުނު ވެލާ މޫދަށް ފައިބަނީ. ---
އަބްދުﷲ ވިދާޅުވި ގޮތުގައި އެ ޕޫލަށް ވެލާ "އެރި" އޮތް ވަގުތަކީ ޓޫރިސްޓުންތަކެއް ވެސް އެ ވިލާގައި އުޅެމުން ދިޔަ ދުވަހެކެވެ. އެކަން ރިސޯޓުގެ ސަމާލުކަމަށް ގެނައީ އެމީހުން ކަމަށް އޭނާ ބުންޏެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޫލުން ފެނުނު ވެލާގެ ދިގުމިނުގައި ހަތަރު ފޫޓު ބައި ހުންނާނެ އެވެ.
"އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުމާ އެކީގައި ވަގުތުން އެޓެންޑްވިން،" އަބްދުﷲ ވިދާޅުވި އެވެ.
ވެލާ ޕޫލުން ނަގައި މޫދަށް ދޫކޮށްލުމުގެ މަސައްކަތުގައި އުޅުނީ އެ ރިސޯޓުގެ އެސިސްޓަންޓް ޓްރާންސްޕޯޓް މެނޭޖަރު އިބްރާހިމް އަލީ އެވެ. އޭނާގެ ހުޝިޔާރުކަމާއި ކުޅަދާނަކަމާ އެކީގައި ވެލަ އަށް އެއްވެސް ގެއްލުމެއް ނުދީ މޫދަށް ދޫކޮށްލި މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
ވެލާ ސަލާމަތް ކުރުމަށް ފަހު ކަނޑިމާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ރާއްޖޭގައި އުޅޭ ވެލާތަކަށް ކަމޭހިތަން ޖެހޭ ކަމަށެވެ. ރާއްޖެ އަކީ އެސޮރުމެންގެ ވެސް "ގެ" ކަމަށާއި ރާއްޖެ އަންނަ މީހުން ވެލާތައް ދެކެން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާ، ކަހަނބަށް އެކި ގޮތް ގޮތުން ގެއްލުން ދިނުމުގެ އަމަލުތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ކަނޑަށް އުކާލާ އެކި ކުނިބުނީގެ ސަބަބުންނެވެ. އެކަންކަން ހުއްޓުވުމަށާއި ހާލުގައި ޖެހިފައިވާ ވެލާ ސަލާމަތް ކުރާ ވީޑިއޯތައް ދޭތެރެ ދޭތެރެއިން އާއްމުވެ އެވެ. އެއީ ގިނަ ބައެއްގެ ތައުރީފް ލިބޭ މަސައްކަތެކެވެ.
އެކަމަކު، މިފަހަރު އަދި މާ ތަފާތެވެ.
ކޮކޯ ޕާމްގެ ވެލާތައް ބަލަހައްޓަދޭނެ މީހަކު ބޭނުންވެއްޖެ
ވެލާ ކަހަނބަށް ފަރުވާ ދޭން ހާއްސަ ސެންޓަރެއް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި
ސައުދީގެ އެހީގައި ޓާޓަލް ފެސްޓިވަލް ބާއްވައިފި
ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!
ވެލާ ފެޅި މީހުންނަށް 198،000ރ. ގެ ޖޫރިމަނާއެއް