Roadha Mihaaru
ސާކުގެ ލިޓަރަރީ އެވޯޑު އަޝްރަފަށް ލިބިއްޖެ

ސާކުގެ ލިޓަރަރީ އެވޯޑު އަޝްރަފަށް ލިބިއްޖެ

19 އޮކްޓޯބަރ 2019

ސާކު ގައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާ ބެހޭ ޖަމިއްޔާ އިން ދޭ ލިޓަރަރީ އެވޯޑު ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އަށް ލިބިވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސާކު ގައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާ ބެހޭ ޖަމިއްޔާ އިން ދޭ ލިޓަރަރީ އެވޯޑު ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އަށް ލިބިވަޑައިގެންފި އެވެ.

އެ އެވޯޑް އަޝްރަފަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ސާކް ލިޓަރޭޗާ ފެސްޓިވަލުގަ އެވެ.

އަޝްރަފާ އެވޯޑް ހަވާލު ކުރައްވަނީ---

އެ ފެސްޓިވަލުގައި އަޝްރަފްގެ އިތުރުން އެކަޑަމީގެ ބައެއް އެހެން އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި އިއްޔެ އެ ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި އަޝްރަފް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އަޝްރަފްގެ އިތުރުން އެހެން ގައުމުތަކުގެ ބައެއް ބޭފުޅުންނަށް ވެސް އެ އެވޯޑް ލިބިވަޑައިގަތެވެ.

މީގެ އަށް އަހަރު ކުރިން ބަހުގެ އެކަޑެމީ އުފެއްދީންސުރެ އެތަނުގެ ރައީސްއަކަށް ހުންނެވީ އަޝްރަފެވެ. އޭނާ ވަނީ ލިންގްއިސްޓިކް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަޝްރަފް ގެންދަވަނީ ކޮލެޖްތަކާއި ސްކޫލުތަކުގައި ކިޔަވައި ދެއްވަމުންނެވެ.