Roadha Mihaaru
ވީވޯ އިން 6ޖީ ރެޖިސްޓްރީކުރަނީ

ވީވޯ އިން 6ޖީ ރެޖިސްޓްރީކުރަނީ

27 އޮކްޓޯބަރ 2019

ވީވޯގެ އުފެއްދުންތަކުގައި 6ޖީ އިންނާނީ މިހެންނެވެ. މަތީގައި އެވާ ފޮޓޯ އިން ފެންނަ ގޮތަށެވެ. މިއީ ވީވޯ އިން 6ޖީ ތަސައްވުރުކުރާނެ ގޮތެވެ. ވީވޯ އިން ވަނީ މި ލޯގޯ ރެޖިސްޓްރީކުރަން ހުށަހަޅާފަ އެވެ. ބޭނުމަކީ، 6ޖީ ނެޓްވޯކްތައް އަންނަން ވާއިިރަށް، އަމިއްލަ ނަމުގައި ލޯގޯ ޑިޒައިނެއް ރެޖިސްޓްރީކޮށް، ބޭނުކުރުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވީވޯގެ އުފެއްދުންތަކުގައި 6ޖީ އިންނާނީ މިހެންނެވެ. މަތީގައި އެވާ ފޮޓޯ އިން ފެންނަ ގޮތަށެވެ. މިއީ ވީވޯ އިން 6ޖީ ތަސައްވުރުކުރާނެ ގޮތެވެ. ވީވޯ އިން ވަނީ މި ލޯގޯ ރެޖިސްޓްރީކުރަން ހުށަހަޅާފަ އެވެ. ބޭނުމަކީ، 6ޖީ ނެޓްވޯކްތައް އަންނަން ވާއިިރަށް، އަމިއްލަ ނަމުގައި ލޯގޯ ޑިޒައިނެއް ރެޖިސްޓްރީކޮށް، ބޭނުކުރުމެވެ.

ދުނިޔެ އަދި މި އުޅެނީ 5ޖީ މުޅިން ނުހުޅިވިގެންނެވެ. ޗައިނާގެ ސްމާޓްފޯން ކުންފުނިތަކުން ހީވަނީ އެހެން ފަދަ ކަމެއް ވެގެން އުޅޭހެންނެވެ. މި ވާދަވެރިކަމުގައި، ވީވޯ އަދި ވާވޭ އިން ވެސް މަސައްކަތްތައް ފަށައި، 6ޖީ ނެޓްވޯކްގައި ހުންނަންޖެހޭ ފެންވަރު ކަނޑައެޅުމަށް މަސައްކަތް ފަށައިފަ އެވެ.

ވާވޭ ގަބޫލުކުރާ ގޮތުގައި، ކުރި އަށް އޮތް 10 އަހަރު ތެރޭގައި ވެސް 6ޖީ ތައާރުފުނުކުރެވޭނެ އެވެ. ނަމަވެސް، 6ޖީ ނެޓްވޯކެއްގައި ހުންނަން އެދެވޭ މިންގަނޑުތައް ކަނޑައަޅައި މަސައްކަތް ފަށަން މިއީ އެންމެ ރަނގަޅު ވަގުތެވެ.

މޮބައިލް އިންޓަނެޓް ދެން އޮތް ޖީލަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކުގައި، 5ޖީ ނެޓްވޯކްތައް އެންމެ ބާރުގަދަކޮށްފައި ވަނީ ޗައިނާގަ އެވެ. އެމެރިކާ އޮތީ ދެވަނައިގަ އެވެ. އެހެން ގައުމުތަކުގައި ވެސް، މަސައްކަތްތައް ފަތުއަޑު ކިޔާފައި ދަނީ ކުރިއަށެވެ. ނަމަވެސް، 2030 އަށް ވުރެ ކުރިން 6ޖީ ނެޓްވޯކްތައް ޓެސްޓްކުރެވޭ ފެންވަރަށް ނުގެންދެވޭނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.