Roadha Mihaaru
ޓޫރިޒަމަށް އައްޑޫންް ބިމަށް ހުޅުވާލާނީ ބުރާސްފަތި ދުވަހު

ޓޫރިޒަމަށް އައްޑޫންް ބިން ދޫކުރަން ހުޅުވާލާނީ ބުރާސްފަތި ދުވަހު

28 އޮކްޓޯބަރ 2019

އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އަންނަ ބުރާސްފަތި ދުވަހު ހުޅުވައިލާ ގޮތަށް ނިންމައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އަންނަ ބުރާސްފަތި ދުވަހު ހުޅުވައިލާ ގޮތަށް ނިންމައިފަ އެވެ.

އެންމެ ފުރަތަމަ މިކަމަށް ހުޅުވައިލަން ނިންމީ މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 13 އާ ހަމައަށެވެ. އެކަމަކު ބިޑް ވިއްކުން ލަސްކުރީ އެކަމަށް ވާން ޖެހޭ ތައްޔާރީތަކަށް އިތުރު ވަގުތު ބޭނުންވެގެންނެވެ.

ކައުންސިލުން ބުނިގޮތުގައި މިހާރު ބިޑް ވިއްކަން ނިންމާފައި ވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ.

ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000ރ. އަދި ބޭރު މީހެއް ނަމަ 300 ޑޮލަރަށެވެ.

އައްޑޫގައި 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ހޯދަން ހުޅުވާލިއިރު، އެ ބިންތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގެސްޓް ހައުސް ހިންގަން އަައްޑޫން 5،000 އަކަފޫޓްގެ ބިން ދޫކުރަން ހަމަޖެހިފައިވާ އިރު ސިޓީ ހޮޓާ ތަރައްގީކުރަން ދޫކުރާނީ 10،000 އަކަފޫޓްގެ ބިމެވެ.