ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ރަށްތަކާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ދެމެހެއްޓުމަށް މި ސަރުކާރުން ހިމާޔަތްކުރި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީ އާއި އާމްދަނީ ލިބޭނެ ކަންކަން ހިމެނޭ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
28 އޮކްޓޯބަރ 2019
ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ރަށްތަކާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ދެމެހެއްޓުމަށް މި ސަރުކާރުން ހިމާޔަތްކުރި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީ އާއި އާމްދަނީ ލިބޭނެ ކަންކަން ހިމެނޭ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައި ޑރ. ހުސެއިން ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި އިންވެސްޓް ކުރުމަށް ޕްލޭނެއް ހަދަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓު ފާސްވީމަ އަޅުގަނޑުމެން އެ އިންވެސްޓްމަންޓްތައް ކުރާނަން،" ހދ. ނޭކުރެންދޫގައި ހިންގަން ރާވަނީ ތިމާވެށީގެ ކޮން ބޮޑު މަޝްރޫއެއްތޯ ރާއީ ސުވާލު ކުރެއްވުމުން ޑރ. ހުސެއިން ވިދާޅުވި އެވެ.
ޑރ. ހުސެއިން ވިދާޅުވީ ބޮޑުތިލަދުންމަތީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި އެކިއެކި އިންފްރާސްޓްރަކްޗަތައް ގާއިމު ކުރުން ހިމެނޭ ކަމަށެވެ. އަދި އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް ވިޒިޓަސް ސެންޓަރެއް ގާއިމުކުރުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ތަންތަނުގައި މީހުނަށް މަޑުކޮށްލެވޭ ކަހަލަ ހިޔާވަހިކަން ގާއިމު ކުރުން ފަދަ މަސައްކަތްތައް ހިމެނޭ،" ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގެ ތަފްސީލްތައް ދެއްވައި ޑރ. ހުސެއިން ވިދާޅުވި އެވެ.
މީގެއިތުރުން މުޅި ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭ ގޮތަށް މަގުތައް ހަދާނެ ކަމަށް ވިދާޅުވި އެވެ. އެއީ ހަމައެކަނި ނޭކުރެންދު އަށް އަމާޒުކުރާ މަޝްރޫއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ހުސެއިން ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ފަށައި އެ މަޝްރޫއުތައް ނިންމުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން، ރަށަކާއި ފަރަކާއި ކަނޑޫފާ ރައްކާތެރި ކުރުމަކީ އަމާޒެކެވެ.
އެގޮތުން މި ސަރުކާރު ވެރިކަމަށް އައި ފަހުން، ހދ. ކޭލަކުނާއި ހދ. ނޭކުރެންދު އާއި ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައަޅައިފަ އެވެ.
ހއ. އަދި ހދ. އަތޮޅަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާހައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެކެވެ.
ހިމާޔަތް ކުރާ ތަންތަނުން ނަފާ ހޯދާނަން: މިނިސްޓަރު
ބާރަށާއި ނޭކުރަންދު އާއި ކޭލަކުނުގެ ކުޅި ހިމާޔަތްކުރަނީ
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅެން އެބަހުރި: ނަޝީދު
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭނަށް ޔޫއެންގެ ތައުރީފު
ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ތަކެތި މަނާކުރާނީ ފަހުން
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަނީ
މޫސުމީ ބަދަލުތައް ކުޑަކުރަން މަޝްވަރާކޮށްފި
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"