ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިމާޔަތް ކުރާ ތަންތަނަކީ ނަފާ ލިބޭނެ ތަންތަން ކަމުގައި ހައްދަވާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު ވިދާޅުވި އެވެ.
20 ޖޫން 2019
ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިމާޔަތް ކުރާ ތަންތަނަކީ ނަފާ ލިބޭނެ ތަންތަން ކަމުގައި ހައްދަވާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު ވިދާޅުވި އެވެ.
ބޮޑު ތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކުރަން މިދިޔަ ހަފްތާގައި ނިންމާފައިވާއިރު އެކަމުގެ ތަފްސީލް ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަދުވެގެން ކޮންމެ އަތޮޅަކުން ރަށަކާއި ފަރެއްގެ އިތުރުން ފަޅެއް ހިމާޔަތް ކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު އެތަންތަނަކީ ނަފާ ލިބޭނެ ތަންތަން ގޮތުގައި ހަމަޖައްސާނެ ކަމަށެވެ.
"މުސްތަގުބަލުގައި އަޅުގަނޑުމެން ހިމާޔަތް ކުރާ ތަންތަނަކީ ހަމައެކަނި ކަރުދާހުގައި ހިމާޔަތް ކޮށްފައި އޮތް ތަނެކޭ ބުނުމުގެ އިތުރުން އެތަންތަނުން ރައްޔިތުންނަށް އާންމުދަނީ އާއި މަންފާއާ އަދި އެތަންތަނަށް ޒިޔާރަތް ކުރުމުން ހިތްހަމަޖެހުން ލިބޭ ތަންތަން ކަމުގައި ވާނެ،" ޑރ. ހުސައިން ވިދާޅުވި އެވެ.
ނަފާ ހޯދާނެ ގޮތާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެފަދަ ދިރާސާއެއް އަދި ހެދިފައިނެތް ނަމަވެސް ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެތަންތަން ތަރައްގީ ކުރުމަށް ގްރީން ޓްކްސް އިން ލިބޭ ފައިސާ އިން ހަރަދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔޮރަމަންޓް މިނިސްޓަރު ޑރ. ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ހިމާޔަތް ކުރާ ތަންތަނުން ނަފާ ހޯދާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ފުވައްމުލަކާއި އައްޑޫ ނޭޗާސް ޕާކުން މިހާރު ލިބޭ އާންމުދަނީން އެ ސިޓީތަކަށް ހަރަދު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިމާޔަތް ކުރާ ތަންތަނާމެދު އަމަލު ކުރާނެ މެނޭޖުމަންޓް ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ވަރަށް އަވަހަށް އެ ޕްލޭންތައް ތަންފީޒު ކުރަށްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިތުރު ސަރަހައްދުތައް ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މިކަން މިކުރަނީ ރާއްޖެއަކީ ގުދުރަތީ ގޮތުން ރީތީ ގައުމަކަށް ވާއިރު އެ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ގެންގޮސް ދޭން. އެއީ އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
ހިމާޔަތްކުރަން ނިންމެވި ސަރަހައްދުތަކަކީ ހއ. ގައްލަންދޫ ތިލަ އާއި ހއ. ކެލާ ޗަސްބިމާއި ހދ. ފިނޭ ތިލައިގެ އިތުރުން ހދ. އިންނަފުށްޓާއި ށ. ބޮލިއްސަފަރާއި ނ. ނާލާހުރާ އާއި ނ. ފޮއްދިއްޕަރާއި ނ. ބޮޑުޅައިމެންދޫ އާއި ނ. ކެނދިކުޅުދޫ ކަނޑޫފާ އަދި ނ. އޮރިމަސްތިލަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ އަދި ގުދުރަތީ ރީތި މަންޒަރުތައް ހިމެނޭ އަދި ތިމާވެށީގެ ހާއްސަ ހިދުމަތްތަކާއި ވަސީލަތްތައް ލިބޭ ތަންތަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހިމާޔަތްކުރި ސަރަހައްދުތަކުން އާމްދަނީގެ މަޝްރޫއުތަކެއް
ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅެން އެބަހުރި: ނަޝީދު
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭނަށް ޔޫއެންގެ ތައުރީފު
ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ތަކެތި މަނާކުރާނީ ފަހުން
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަނީ
މޫސުމީ ބަދަލުތައް ކުޑަކުރަން މަޝްވަރާކޮށްފި
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"
"މިއީ ވެށި ހިމާޔަތްކޮށް މޮޅަށް ދިރިއުޅެންވީ ވަގުތު"
"ރަށް ގިރުމަށް މިވަގުތު އޮތް ހައްލަކީ ބަސްތާޖެހުން"