28 އޮކްޓޯބަރ 2019
އަންނަ އަހަރުގެ ބަޖެޓް 39.6 ބިލިއަނަށް އަރާނެ ކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓް 39.6 ބިލިއަނަށް އަރާނެ ކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި 2020-2022 ގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 39.6 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 7.7 ބިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ. މިއަހަރަށް ދައުލަތުން ހުށަހެޅީ 31.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ ތެރެއިން 37 ބިލިއަން ރުފިޔާ އަކީ ހަރަދު ކުރެވޭނެ ކަމަށް ލަފާ ކުރާ މިންވަރު ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން، ރިކަރަންޓް ހަރަދަށް 20.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރާއިރު ކެޕިޓަލް ހަރަދު 11.8 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 5.7 ބިލިއަން ރުފިޔާ އަދި ލޯކަލް ކައުންސިލްތަކަށް ޓްރާންސްފާ ކުރަން 1.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ބަޖެޓުގެ އިތުރުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މީގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން ގޮތްތަކުން ލިބޭ އާމްދަނީ އަދި އާ ކަންތައްތަކުން ލިބޭ އާމްދަނީ ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ އިތުރުން 2021 އަދި 2022 ވަނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ވެސް މި ބަޔާނުގައި އެކުލަވާލައިފަ އެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ ބަޖެޓް 41.7 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު 2022 ގެބަޖެޓް 45.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ލަފާ ކުރާ އަދަދު ހާމަކޮށް ފިނޭންސް މިނިސްޓްރީން ރިޕޯޓް ނެރުނުނަމަވެސް މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ބަޖެޓް ޑެފިސިޓް 13-16 ބިލިއަނަށް
އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަނަށް
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރޭޓިން އަށް ކުރާނެ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!