Roadha Mihaaru
އެންމެ ގިނަ މީހުންނަށް ރީތިވާ ސިފަތައް ހިމެނޭ މޫނު

މިއީ އެންމެ ގިނަ މީހުންނަށް ރީތިވާ ސިފަތައް ހިމެނޭ މޫނެއް

28 ސެޕްޓެމްބަރ 2016

އެންމެ ފުރިހަމަ މޫނެއްގައި ހުންނަންވީ ކޮން ސިފަތަކެއް ހެއްޔެވެ؟ މީހުންގެ މޫނު ރީތިކޮށްދިނުމުގެ މަސައްކަތްކުރާ ޕްލާސްޓިކް ސާޖަން އަކު ބުނަނީ އެކި ސެލެބްރިޓީންގެ މޫނު އެއްކޮށްލައިގެން ވަރަށް ފުރިހަމަ މޫނެއް ސިފަވާ ކަމަށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެންމެ ފުރިހަމަ މޫނެއްގައި ހުންނަންވީ ކޮން ސިފަތަކެއް ހެއްޔެވެ؟ މީހުންގެ މޫނު ރީތިކޮށްދިނުމުގެ މަސައްކަތްކުރާ ޕްލާސްޓިކް ސާޖަން އަކު ބުނަނީ އެކި ސެލެބްރިޓީންގެ މޫނު އެއްކޮށްލައިގެން ވަރަށް ފުރިހަމަ މޫނެއް ސިފަވާ ކަމަށެވެ.

ލަންޑަންގައި ދިރިއުޅޭ ފޭޝަލް ކޮސްމެޓިކް ސާޖަން ޖޫލިއަން ޑިސިލްވާ ވަނީ "ފުރިހަމަ މޫނެއް"ގެ ސިފަ ތައްޔާރުކޮށްފަ އެވެ. މިއީ މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި، މޫނު ރީތިކުރުމުގެ ތަފާތު ޚިދުމަތްތައް ދިން އިރު އޭގެ ތެރެއިން ހާހެއްހާ މީހުން އެންމެ ގިނައިން އެދުނު ސިފަތަކަށް ބަލައިގެން ގެނެސްފައިވާ ސިފައެކެވެ.

"ދުނިޔޭގެ އެންމެ ރީތި މޫނު" އޭނާ ތައްޔާރުކޮށްފައި ވަނީ އެންމެ ގިނަ ބަޔަކަށް ރީތިވާ ސިފަތައް އެ މޫނުގައި ހިމަނައިގެންނެވެ.

މި މޫނު ތައްޔާރުކޮށް ނިމުނުއިރު ހިމެނެނީ އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ނޭފަތް، ޖެނިފާ ލޮޕޭޒްގެ ބުމަ، އެންޖެލީނާ ޖޮލީގެ ކޯތާފަތް، ޝެއާގެ ކޯ ކަށިގަނޑު، ކީރާ ނައިޓްލީގެ ލޯ، ސެލީނާ ގޯމެޒްގެ ދަތްދޮޅި، ޕެނެލޮޕެޒް ކުރޫޒްގެ ތުންފަތް، މައިލީ ސައިރަސްގެ ނިތްކުރި އަދި ރީޒް ވިތަސްޕޫންގެ ހަންގަނޑެވެ.

އެންޖެލީނާ ޖޮލީގެ ކޮލާއި ކޭޓް މިޑްލްޓަންގެ ނޭފަތް ގިނަ ބަޔަކަށް ރީތި

އެންޖެލީނާ ޖޮލީގެ ކޮލާއި ކޭޓް މިޑްލްޓަންގެ ނޭފަތް ގިނަ ބަޔަކަށް ރީތި

ރީތި މޫނެއްގެ ތަސައްވަރު މީހުން ކުރާ ގޮތް މިކަމުން ހާމަވާ ކަމަށް، ޑރ. ޑި ސިލްވާ ތައްޔާރުކުރި މޫނުގެ ފޮޓޮއަކާ އެކު އިންސްޓްރާމްގައި ލިޔެފައިވެ އެވެ.

ޑރ. ޑިސިލްވާ ބުނި ގޮތުގައި ޕްލާސްޓިކް ސާޖަރީ ހަދަން އަންނަ މީހުން އެމީހުން ބޭނުންވާ ސިފައެއް ހުންނަ މީހެއްގެ ފޮޓޯއެއް ހިފައިގެން އައުމަކީ އާންމު ކަމެކެވެ. އެގޮތުން ކޮންމެވެސް މީހެއްގެ ނޭފަތް، ދަތްދޮޅި، ކޯތާފަތް އަދި ނިތްކުރި ފަދަ ތަންތަން ނަމޫނާގެ ގޮތުގައި ދައްކާ ކަމަށްވެ އެވެ.

ޑޮކްޓަރު ބުނި ގޮތުގައި އޭނާގެ ކައިރިއަށް ޕްލާސްޓިކް ސާޖަރީ ހަދަން އަންނަ ބައެއް މީހުން ބޭނުންވާ ގޮތަށް އެމީހުންގެ މޫނު ބަދަލުކޮށް ނުދެވޭ ފަހަރު ވެސް އާދެ އެވެ. އެއީ ގުދުރަތީ ގޮތުން އެމީހާގެ މޫނު ހެދިފައިހުރި ގޮތަށް އިތުރު ބަދަލެއް ގެނައުމުން އިތުރަށް ސިފަ ހުތުރުވާ ފަހަރުވެސް ވަރަށް ގިނައިން ދިމާވާތީ އެވެ. އަދި އެމީހެއްގެ މޫނުގެ ސިފައާ ނުގުޅޭ ވައްތަރަށް މޫނުގެ އެންމެ ތަންކޮޅެއް ބަދަލުކޮށްލިޔަސް މޫނަށް އަންނަ އާދަޔާޚިލާފު ސިފައަކުން އެކަން ކޮށްދޭން އޭނާ ޖެހިލުންވެ އެވެ. އެހެންވެ މިފަދަ މީހުންނަށް ވިސްނައިދީގެން އެނޫން ބަދަލެއް ގެންނަނީ އެވެ.

އޭނާ ބުނާ ގޮތުގައި އެންމެ މަގުބޫލީ ކޭޓް މިޑްލްޓަންގެ ނޭފަތެވެ. ކޭޓްގެ ނޭފަތް އިންނަ ގޮތަށް ނޭފަތް ބަދަލު ކުރިޔަސް ސިފަ ގެއްލޭ މީހަކު ވަރަށް މަދުކަން ވެސް ޑޮކްޓަރު ފާހަގަކޮށްފައިވެ އެވެ.