Roadha Mihaaru
ޕާކިސްތާނުގެ ޕަސިންޖާ ރޭލެއްގައި ރޯވެ 65 މީހުން މަރު

ޕާކިސްތާނުގެ ޕަސިންޖާ ރޭލެއްގައި ރޯވެ 65 މީހުން މަރުވެއްޖެ

31 އޮކްޓޯބަރ 2019

އިސްލާމްއާބާދު (އޮކްޓޯބަރު 31) - ޕާކިސްތާނުގެ މެދުތެރޭ ސަރަހައްދެއްގައި ދަތުރުކޮށްފައި ދިޔަ ރޭލެއްގައި މިއަދު އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 65 މީހުން މަރުވެ 45 މީހުން ޒަޚަމްވެފައިވާ ކަމަށް ޕްރޮވިންޝަލް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އޮކްޓޯބަރު 31) - ޕާކިސްތާނުގެ މެދުތެރޭ ސަރަހައްދެއްގައި ދަތުރުކޮށްފައި ދިޔަ ރޭލެއްގައި މިއަދު އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 65 މީހުން މަރުވެ 45 މީހުން ޒަޚަމްވެފައިވާ ކަމަށް ޕްރޮވިންޝަލް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

މުލްތާން ސިޓީގެ ދެކުނުން 93 މޭލު ދުރުގައިވާ ލިއާގަތުޕޫރުގައި ދަތުރުކުރި ރޭލްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޭލުގެ ތިން ކޯޗު ވަނީ އަނދައިފަ އެވެ. މީހުން ތޮއްޖެހިފައިވާ ތިން ކޯޗުގެ ތެރޭން ކޮންމެ ކޯޗެއްގައި މަދުވެގެން 70 ޕަސިން ތިބޭނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ. އެހެންވެ މަރުވާ މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ރޭލް ދަތުރުކުރީ ދެކުނުގެ ކަރާޗީން ރާވަލްޕިންޑީ އަށެވެ.

އަލިފާނުގެ ހާދިސާގައި ރޭލުގެ ތިން ކޯޗު ވަނީ އަނދާފައި. --ފޮޓޯ:އޭއެފްޕީ

އަލިފާނުގެ ހާދިސާގައި ރޭލުގެ ތިން ކޯޗު ވަނީ އަނދާފައި. --ފޮޓޯ:އޭއެފްޕީ

ރޭލުގައި އަލިފާން ރޯވީ ޕަސިންޖަރަކު ނާސްތާ ތައްޔާރު ކުރަން ކުޑަ ގޭސް އުނދުނެއް ބޭނުން ކުރަން އުޅެނިކޮށް ގޭސް ފުޅި ގޮވައިގެންނެވެ.

ޕަންޖާބު ޕްރޮވިންސްގެ ރަހުމާން ޔާރް ޚާން ޑިސްޓްރިކްޓުގެ ހެލްތު މިނިސްޓަރު ޑރ. ޔާސްމިން ރާޝިދު ވިދާޅުވީ މަރުވި މީހުންގެ ތެރޭން ކޮން ބައެއްކަން މިހާތަނަށް ދެނެގަނެވުނީ 18 މީހުން ކަމަށެވެ.

އިރުމަތީގެ ލާހޯރުން ދަތުރު ކުރި ރޭލެއް، އެހެން ރޭލެއްގައި ޖެހި މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި އެކްސިޑެންޓެއްގައި ވަނީ 23 މީހުން މަރުވެފަ އެވެ.