04 ނޮވެމްބަރ 2019
ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހުރިހާ ދާއިރާތަކަކުން އިސް ފަރާތްތައް ބައިވެރިވެގެން މިއަދު ފެށި "އާއްމު ސިއްހަތުގެ ބޮޑު މަހާސިންތާ" ގައި ސިއްހީ ދާއިރާގެ ބޭފުޅުންގެ އިތުރުން އާއްމު ސިއްހަަތަށް އަސަަރު ކުރުވާނެ އެހެން ދާއިރާތައް ވެސް ތަމްސީލު ކުރެ އެވެ. މަހާސިންތާގެ ފުރަތަމަ ސެޝަންގައި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ހަތަރު މިނިސްޓަރަކު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހުރިހާ ދާއިރާތަކަކުން އިސް ފަރާތްތައް ބައިވެރިވެގެން މިއަދު ފެށި "އާއްމު ސިއްހަތުގެ ބޮޑު މަހާސިންތާ" ގައި ސިއްހީ ދާއިރާގެ ބޭފުޅުންގެ އިތުރުން އާއްމު ސިއްހަަތަށް އަސަަރު ކުރުވާނެ އެހެން ދާއިރާތައް ވެސް ތަމްސީލު ކުރެ އެވެ. މަހާސިންތާގެ ފުރަތަމަ ސެޝަންގައި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ހަތަރު މިނިސްޓަރަކު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
އެކި ދާއިރާތަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މަހާސިންތާގެ ފުރަތަމަ ސެޝަންގައި ބައިވެެރިވެވަޑައިގެންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެންވަޔަރްމެންޓް މިިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ޕެނަލް ޑިސްކަޝަނެއްގެ ގޮތުގައި ބޭއްވި އެ ސެޝަނުގައި ހަތަރު މިނިސްޓަރުންނަށް ވެސް ސުވާލުގެ ގޮތުގައި އަމާޒުވީ ކަންބޮޑުވުންތަކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސައިން އަށް އަމާޒުވި އެއް ސުވާލަކީ ތޮއްޖެހިފައިވާ މާލޭގައި ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމާ ބެހޭ ގޮތުންނެވެ. އަނެއް ސުވާލަކީ މަދިރި ނައްތައިލުމަށް ބޭނުންކުރާ ކެމިކަލް ތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތުގެ ހައްލެވެ. މާލެ ތޮއްޖެހުމުގެ ސަބަބުން އުފެދިފައިވާ ގިނަ އެހެން މައްސަލަތައް ހައްލުކުރަން ކުރަނީ ކޮން މަސަައްކަތެއްތޯ ވެސް ސުވާލު ކުރި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހުސައިން ވިދާޅުވީ، ގިނަ މައްސަލަތަކުގެ އަސްލަކީ މާލެ ތޮއްޖެހިފައި އޮތް އޮތުން ކަމަށާއި އެއީ އެންވަޔަރްމެންޓް މިނިސްޓްރީ އަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ތޮއްޖެހުމަށް ހައްލެއް ލިބިއްޖެ ނަމަ ސިއްހީ ގިނަ މައްސަލަތަކާ ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި އޮތީ ތޮއް ޖެހިފައި. ގާތްގަނޑަކަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން [މާލޭގައި] އެބައުޅޭ. މިހާ ކުޑަކުޑަ ސިޓީއެއްގައި މިހާ ގިނަ މީހުން އުޅުނީމާ ނުކުންނަަން ޖެހޭ އާއްމު ސިއްހަތާ ގުޅޭ މައްސަލަތައް ވެސް އެބަހުރި ބައިވަރު. ހަމަ އެއާ އެއްކޮށް އެއާ ގުޅިގެން ނުކުތް އިޖުތިމާއީ މައްސަލަތައް އެބަހުރި،" އެންވަޔަރުމެންޓް މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ދަރިވަރުންގެ ރައްކާތެރިކަމަށް ޓަކައި ނުކުރެވި ހުރި ކަންތައްތަކާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓަރު އަސްލަމް ފާޅުކުރެއްވީ ތަފާތު ކަންބޮޑުވުމެކެވެ. އޭނާ ވިދާޅުވީ ދަރިވަރުންނާ މިހާރު ނުދެއްކޭ ބައެއް ވާހަކަތައް ދެއްކޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެެ. އެގޮތުުން، ޖިންސީ ކަންކަމުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކުން ދަރިވަރުން ރައްކާތެރިވުމަށްޓަކައި އެ ވާހަކަތައް ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
From the High Level Multi-Sectoral panel discussion held today at the #PublicHealthConference2019#RevitalisingPublicHealth #PH2020 #HealthyRaajje@MoHmv pic.twitter.com/JGmXm5B7bf
— Healthy Raajje (@healthyraajje) November 4, 2019
"ކުރީގައި އަޅުގަނޑުމެން ގޭގެ މާހައުލުގައި އަޅުގަނޑުމެން މައިންބަފައިން ކިޔައިން ދިން ބައެއް އެއްޗހި އެބަަޖެހޭ ސްކޫލް މާހައުލުގައި ކިޔައިދޭން. ހާއްްސަ ގޮތެއްގައި އަޅުގަނޑު ދައްކަން މި އުޅޭ ވާހަކަަ އަކީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް އެ މީހުންގެ ރައްްކާތެރިކަމުގެ ވާހަކަ އަސްލުގައި. ކިހިނެއް ކަން ބަހައްޓަންވީ، ކޮން ކަހަލަ ކަންތައްތަކެއްގެ ތެރެއަށް ތޯ ނުވަންނަންވީ، ވަނީމާ ވާނީ ކިހިނެއް ކަން، ސޭފްކޮށް އުޅެން އެބަ ދަސްކޮށްދޭން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، "ސެކްޝުއަލީ އެޑިއުކޭޝަން" ސްކޫލް މާހައުލަށް ތައާރަފު ކުރަން ޖެހެ އެވެ. އަދި، ލަދުވެތި ނޫން ގޮތަކަށް އެ ވާހަކަ ދެއްކޭނެ ގޮތެއް އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ޕެނަލް ޑިސްކަޝަންގައި، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަ ރާއްޖޭގައި އޮތީ ސިއްސައިގެންދާ ފަދަ މިންވަރަކަށް ކަމަށެވެ. އެގޮތުން، އަނިޔާގެ ޝިކާރަ އަކަށް ވާ އަންހެނުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރު ކަމަށާއި އަންހެނުންގެ ސިއްހަތަށް ކުރާ އަސަރަކީ އާއިލާގެ ކޮންމެ ކުއްޖަކަށް ކުރާ އަަސަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރިވަރުންގެ ސިއްހަަަތަށާއި އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމާއި މި ކަންކަން ރަނގަޅަށް ބެހެއްޓީމާ، އަަޅުގަނޑުމެންގެ ކޮންމެ އާއިލާ އަކަށް އުފަންވާ ކޮންމެ ކުއްޖަކަށް އޭގެ އަސަރު ކުރޭ. އަންހެނުންގެ ސިއްހަަތަށް އިންވެސްޓް ކުރުމަކީ އެއްގޮތަކަށް ވެސް އަންހެނަކަށް ވީތީ ކުރަނީކީއެއް ނޫން. އޭގެ ސަބަބުން މުޅި އިންސާނިއްޔަތަށް ހެޔޮ އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ޕަބްލިކް ހެލްތު ފޯރަމްގެ ފުރަތަމަ ސެޝަން ގައި ޖެންޑާ މިނިސްޓަރު ޝިދާތާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ޝިދާތާ ވިދާޅުވި ގޮތުގައި، އަންހެނުންގެ ދުޅަހެޔޮކަމާ މެދު ވިސްނާ ގޮތް ބަދަލުކުރުމަކީ އެންމެ ފުރަތަމަ ފިޔަވަޅެވެ. ކުދިން ރަނގަޅު ގޮތުގައި ބޮޑުކުރުމަށްޓަކައި ސްކޫލް މާހައުލާއި ތައުލީމީ ދާއިރާ ވެސް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ ރަނގަޅު ޕަބްލިކް ހެލްތު ސިޔާސަތެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނޭޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިން ޕަބްލިކް ހެލްތު: ވާކިން ޓު ގެދާ ފޯ އަ ހެލްތިއާ ނޭޝަން" ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ބާއްްވާ މަހާސިންތާގައި، ސިއްހީ ދާއިރާއާއި އާއްމު ސިއްހަތާ ގުޅޭ އެހެން ގިނަ ދާއިރާތަކަކުން ގިނަ ބަޔަކު ބައިވެރިވެ އެވެ. މި މަހާސިންތާގައި، ޕަބްލިކް ހެލްތު ކުރިއެރުވުމުގައި ހުރި ގޮންކެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރާނެ އެވެ. އަދި ޕަބްލިކް ހެލްތު ކުރިއެރުވުމަށްޓަކައި ކަންކަން ތަންފީޒު ކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވައިލާނެ އެވެ. އަދި ސިއްހީ ދާއިރާގެ ނަތީޖާތައް ހާސިލް ކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި ޕަބްލިކް ހެލްތް ޗާޓާއެއްގައި ވެސް ސޮއިކުރާނެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ފޯރަމަކީ ކަންކަން ރަނގަޅު ކުރުމުގެ ފެށުން: އަމީން
އާއްމު ސިއްހަތަށް އިސްނެގުމުގައި ނައިފަރުގެ ތަޖުރިބާ
"ބިނާކުރާމީހުން ރާއްޖޭގައި ބޭތިއްބޭނެ ގޮތް ހޯދަންޖެހޭ"
ކޮމިއުނިޓީ ހެލްތުކެއާ އަލުން ދިރުވުމުގެ ޕްލޭނެއް
ބަލިވީމާ ކުޑަރަށާއި ބޮޑުރަށު މީހާ ތަފާތުވެގެން ނުވާނެ
އާއްމު ސިއްހަތު ބައްޓަން ކުރުން ލަސްވެއްޖެ: އަމީން
އާއްމުސިއްހަތާ ބެހޭ ބޮޑު މަހާސިންތާ ފަށައިފި
ފޯރަމާ އެކު،ކަންކަން ބަދަލުވާ ތަން ފެންނާނެ: ހެލްތު
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި