04 ނޮވެމްބަރ 2019
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ. އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ފިރިހެނުންގެ ތެރެއިން 45 ޕަސެންޓު މީހުން ކޮންމެ ދުވަހަކު 15-24 ސިނގިރޭޓް ބޯ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ. ހަމަ އެ އުމުރުގެ މީހުންގެ ތެރެއިން 63 ޕަސެންޓު އަންހެނުންގެ ލޭ ގައި ހިމޮގްލިން ހުންނަންޖެހޭ ވަރަށް ވުރެ މަދެވެ. ނޫނީ ކޮންމެވެސް އެއް ބާވަތެއްގެ ބައްޔެއް ހުރެ އެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ. އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ފިރިހެނުންގެ ތެރެއިން 45 ޕަސެންޓު މީހުން ކޮންމެ ދުވަހަކު 15-24 ސިނގިރޭޓް ބޯ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ. ހަމަ އެ އުމުރުގެ މީހުންގެ ތެރެއިން 63 ޕަސެންޓު އަންހެނުންގެ ލޭ ގައި ހިމޮގްލިން ހުންނަންޖެހޭ ވަރަށް ވުރެ މަދެވެ. ނޫނީ ކޮންމެވެސް އެއް ބާވަތެއްގެ ބައްޔެއް ހުރެ އެވެ.
މިއީ، 2016-2017 ގައި ކުރި ރާއްޖޭގެ ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭ އިން ދައްކާ ސިއްހީ ދާއިރާގެ ބައެއް ކަންބޮޑުވުންތަކެވެ. ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިގެން ކުރިމަތިވެފައިވާ އެހެން ސިއްހީ މައްސަލަތައް ވެސް އެ ސާވޭ އިން ދައްކަ އެވެ.
ސިއްހީ ދާއިރާގެ މިއަދުގެ އިސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކުރީ ބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިތުރަށް ހޭލުންތެރިކޮށް އެކަމަށް މަގެއް ކޮށައި ދިނުމުގެ ފުރުސަތު ހަނިވެފައި އޮތް އޮތުމެވެ. އެކަމަށް ކުރާ އިންވެސްޓް ކުޑަވުމެވެ. މައްސަލަ ހައްލު ކުރުން ގުޅިފައި ވަނީ ހަމައެކަނި ސިއްހީ ދާއިރާއަކާ ނޫނެވެ. ހުރިހާ ދާއިރާތަކެއް އެކުވެގެން ނޫނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅޭނެކަން މިއަދުގެ ސިއްހީ ދާއިރާގެ ވެރިން ގަބޫލު ކުރައްވަ އެވެ. ދިވެހިން ބަލިތަކުން ރައްކާތެރި ކުރުމަށް ނުވަތަ ޕަބްލިކް ހެލްތަށް ސަރުކާރާއި ޕްރައިވެޓް ސެކްޓާ އިން ހޭދަކުރަނީ އެންމެ 1.5 ޕަސެންޓެވެ. މި އަދަދުން އެކަނި ވެސް ބަލިތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަން ވަރަށް ސާފެވެ.
އެކަމަކު، އެ ހުރިހާ ކަމެއް މާޒީ އަށް ދޫކޮށްލުމަށް ފަހު، ސިއްހީ ދާއިރާގެ މިހާރު އެންމެ ބޮޑު އުންމީދު ގުޅިފައި ވަނީ މިއަދު ފަށާ ޕަބްލިކް ހެލްތު ފޯރަމާ އެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ މި ފޯރަމްގައި، އާންމު ސިއްހަތު ކުރިއެރުވުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަމުގެ ހައްލުތައް ހޯދާނެ އެވެ. ސިއްހީ ދާއިރާގެ ކުރީގެ ވަޒީރުންގެ ހިޔާލާއި މަޝްވަރާ ހޯދާނެ އެވެ.
"ހަމައެކަނި ސިއްހީ ދާއިރާއެއް ނޫން މި ސެމިނާގައި ބައިވެރިވާނީ. ގާތްގަނޑަކަށް ހުރިހާ ދާއިރާތަކުގެ ބޭފުޅުން މި ސެމިނާ އިން ފެންނާނެ. އޭގެ މާނަ އަކީ އެއް ދާއިރާ އަނެއް ދާއިރާ ގުޅިގެން، އާންމު ސިއްހަތު ކުރިއެރުވުމުގެ މަސައްކަތެކޭ މި ފެށެނީ. މިއީ ރަނގަޅު ފާލެއް،" ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވި އެވެ.
"މިނިސްޓްރީ އޮފް ހެލްތަށް ހުރިހާ ކަމެއް ނުކުރެވިދާނެ. އެންޖީއޯތަކުގެ ދައުރު އެހެންވީމާ ވަރަށް މުހިންމުވޭ. މިސާލަކަށް ކެންސާ ސޮސައިޓީ އަށް ކޮން ކަމެއްތޯ ކޮށްދެވޭނީ. ޑައިބެޓީސް ސޮަސައިޓީ އަށް ކޮން ކަމެއްތޯ ކުރެވޭނީ. ޕަބްލިކް ހެލްތަށް ވަރަށް ރަނގަޅަށް ފައިސާ ވެސް އިންވެސްޓް ކުރެވޭނެ އެންމެން ގުޅިގެން އެއް މަސައްކަތެއް ކުރެވިއްޖިއްޔާ."
އާންމު ސިއްހަތު ކުރިއެރުވުމާ ގުޅޭ ފޯރަމްގައި، އެންމެންގެ މަޝްވަރާގެ މަތިން މަގު ޗާޓެއް އެކުލަވައިލާނެ އެވެ. އެ މަގު ޗާޓުގައި މައިގަނޑު ގޮތެއްގައި ހުންނާނީ ބަލިތައް ޖެހުމުގެ ކުރިން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ގޮތްތަކާއި އެކަމަށް ސިއްހީ ދާއިރާ ތައްޔާރު ކުރުމެވެ.
"އެކްޝަން ޕްލޭންގައި އެބަހުރި ކަންކަން ބަޔާން ކޮށްފައި. އެކަމަކު، އަޅުގަނޑުމެން ބޭނުންވަނީ ކަންކަން ތަންފީޒު ކުރާނެ ގޮތެއް ރޯޑްމެޕެއްގައި ކަނޑައަޅަން. އޭރުން ފަސޭހަވާނެ ކަންކަން ހާސިލް ކުރަން.
އާންމު ސިއްހަތު ކުރިއެރުވުމުގެ މަގުޗާޓުގެ އެންމެ ބޮޑު ބޭނުަކީ ތަސްލީމާ ވިދާޅުވި ގޮތުގައި ކަންކަން ބަދަލުވާ ކަމުގެ އިހުސާސް އާންމުންނަށް ވުމެވެ.
"މި އަންނަ އަހަރުން ފެށިގެން އާންމު ސިއްހަތު ކުރިއެރުވުމުގައި ކަމެއް އެބަ ބަދަލުވާކަން އިހުސާސް ކުރެވެން ޖެހޭނެ. އެކަމަކު، ސިއްހީ ދާއިރާގައި މި ފެންނަ ނަމްބާސްތަކަށް ހެޔޮ ބަދަލެއް އަންނަ ތަން ފެންނާނީ 2-3 އަހަރު ފަހުން. އެއީ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރަން ފެށުމުގެ ނަތީޖާ،" ތަސްލީމާ ވިދާޅުވި އެވެ.
ޕަބްލިކް ހެލްތު ފޯރަމްގައި، ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ބޭފުޅުން، އާންމު ސިއްހަތާ ގުޅޭ ތަޖުރިބާތައް ހިއްސާ ކުރައްވާނެ އެވެ. އަދި ރާއްޖޭގައި ހުރި މައްސަލަތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކުރިއަށް ދާނެ ގޮތް ވިދާޅުވެދެއްވާނެ އެވެ.
"މިހާރު ވެސް ކަންކަން އެބަކުރެވޭ. އެކަމަކު، އާންމު ސިއްހަތު ކުރިއަރުވަން ހުރި ގޮންޖެހުންތައް މި ސެމިނާ އިން އަޅުގަނޑުމެން ދެނެގަންނާނަން. އެދެވޭ ނަތީޖާ ނުފެނި މިދަނީ ކިހިނެއް ވެގެންތޯ ބަލާނެ. އަޅުގަނޑުމެންނާ ޓްރާންސްޕޯޓާ ގުޅުން އެބަހުރި. އެ ލިންކް މި ސެމިނާ އިން އުފައްދާނެ. އަޅުގަނޑުމެންނާ އެޑިއުކޭޝަނާ ގުޅުން އެބަހުރި. އެ ލިންކް އުފައްދާނަން. ރޯޑްމެޕްގެ ތެރެއިން އެ ކަންކަން ހާސިލް ކުރާނީ،" ތަސްލީމާ ވިދާޅުވި އެވެ.
"މި އަންނަ އަހަރުން ފެށިގެން އާންމު ސިއްހަތު ކުރިއެރުވުމުގައި ކަމެއް އެބަ ބަދަލުވާކަން އިހުސާސް ކުރެވެން ޖެހޭނެ. އެކަމަކު، ސިއްހީ ދާއިރާގައި މި ފެންނަ ނަމްބާސްތަކަށް ހެޔޮ ބަދަލެއް އަންނަ ތަން ފެންނާނީ 2-3 އަހަރު ފަހުން. އެއީ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރަން ފެށުމުގެ ނަތީޖާ،" ތަސްލީމާ
ސެމިނާ މޮޑަރޭޓް ކުރުމުގައި އިސްވެ ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީން ބޭރުގެ ބޭފުޅުންނެވެ. އެއީ ވެސް ތަސްލީމާ ދެކެވަޑައިގަންނަވާ ގޮތުގައި، ޕަބްލިކް ހެލްތުގެ ދާއިރާ ގައި ހުރި މައްސަލަތަކާއި އާ ވިސްނުންތައް ދެނެގަނެވޭ ކަމެކެވެ.
ހެލްތު މިނިސްޓްރީން ބޭނުންވަނީ ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމެވެ. މިސާލަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން، އެންމެ ކުޑަމިނުން ބަލިތައް ކުރީބައިގައި ސްކްރީން ކުރެވެން ޖެހޭނެ ކަމަށް ތަސްލީމާ ގަބޫލު ކުރައްވަ އެވެ.
"އޭރުން ކުރިން، މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު އަންނާނެ. އެ ޑިސްކަޝަން، އެ ޑައިލޮގް މި ސެމިނާގައި ކުރިއަށް ދާނެ. އެއީ ވެސް އަޅުގަނޑުމެން ބޭނުންވާ ޑައިލޮގެއް،" އޭނާ ވިދާޅުވި އެވެ.
ފޯރަމަކީ ކަންކަން ރަނގަޅު ކުރުމުގެ ފެށުން: އަމީން
އާއްމު ސިއްހަތަށް އިސްނެގުމުގައި ނައިފަރުގެ ތަޖުރިބާ
"ބިނާކުރާމީހުން ރާއްޖޭގައި ބޭތިއްބޭނެ ގޮތް ހޯދަންޖެހޭ"
ކޮމިއުނިޓީ ހެލްތުކެއާ އަލުން ދިރުވުމުގެ ޕްލޭނެއް
އާއްމު ސިއްހަަތާ މެދު ބައެއް މިނިސްޓަރުންގެ ކަންބޮޑުވުން
ބަލިވީމާ ކުޑަރަށާއި ބޮޑުރަށު މީހާ ތަފާތުވެގެން ނުވާނެ
އާއްމު ސިއްހަތު ބައްޓަން ކުރުން ލަސްވެއްޖެ: އަމީން
އާއްމުސިއްހަތާ ބެހޭ ބޮޑު މަހާސިންތާ ފަށައިފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް