Roadha Mihaaru
ފޮނަދޫގެ ހައުސިން ޔުނިޓުތައް ހަވާލުކުރަން ފަށައިފި

ފޮނަދޫގެ ހައުސިން ޔުނިޓުތައް ހަވާލުކުރަން ފަށައިފި

05 ނޮވެމްބަރ 2019

ލ. ފޮނަދޫގައި ހެދި ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ފޮނަދޫގައި ހެދި ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މިހާތަނަށް ހަވާލުނުކުރެވި ހުރި 27 ހައުސިން ޔުނިޓެއް އެ ތަންތަނުގެ ވެރި ފަރާތްތަކާ ހަވާލުކުރާނެ އެވެ. މި ކަމަށް މިނިސްޓްރީގެ ޓީމެއް ވަނީ ފޮނަދޫ އަށް ގޮސްފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓް އެއް

ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ފޮނަދޫގައި ހަދާފައި ވަނީ 50 ހައުސިން ޔުނިޓެވެ. އެ ޔުނިޓުތަކުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ މަސައްކަތް ކުރަން މިދިޔަ މާޗު މަހު 7.9 މިލިއަން ރުފިޔާ އަށް ފެނަކައާ ހަވާލުކުރި އެވެ.

ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މި ސަރުކާރުން 20،000 ހައުސިން ޔުނިޓް އަޅަން ހަމަޖައްސައި 600 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިި ވަނީ ހުށަހަޅައިފަ އެވެ.