ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭއިރު މާލެ ސަރަހައްދުގައި އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
24 ސެޕްޓެމްބަރ 2023
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޭއިރު މާލެ ސަރަހައްދުގައި އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯތި ދޭން ނިންމައި، މިހާރު ވަނީ ކުރިމަތިލާން ހުޅުވާލައިފަ އެވެ.
އެކަމާ ބެހޭގޮތުން ޕްލޭނިން މިނިސްޓްރީން އިއްޔެ އާންމުކުރި އުސޫލުގައިވާ ގޮތުން ފްލެޓް ލިބޭ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި އޮންނަ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ދައުލަތަށް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ލިބޭނެ އެވެ. ނަމަވެސް އެގޮތަށް ދޫކޮށްލާ ބިމުގެ ބޮޑުމިން 400 އަކަފޫޓަށް ވުރެ ކުޑަ ނަމަ އެ ބިމުގެ އަގު ފްލެޓް އަގުން އުނި ކުރެވޭނެ ކަމަށާއި އެ ހާލަތުގައި ބިން އަގުކުރާނީ އަކަފޫޓަކަށް 3،500ރ. ރޭޓުން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
މި ފިޔަވަހީގައި ހުޅުމާލެއިން 8،000 އަށް ވުރެ ގިނަ ފްލެޓާއި 4،500 އަށް ވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަހުކޮޅާ ހަމައަށް އޮންނާނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ސަރަހައްދުން ވަނީ ބިން ދޫކޮށްފަ އެވެ.
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ: ނަޝީދު
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި
"ބޮޑެތި ޝަކުވާތަކެއް، އެއީ ސައްހަ ލިސްޓެއް ނޫން"
ފްލެޓް ދޫކުރުން ލަސްވަނީ ބިންކޮޅަށް ގޮތެއް ނުނިމިގެން
ޗައިނާ އިން އެޅި 1500 ފްލެޓު ސަރުކާރާ ހަވާލުކޮށްފި
ދާއިމީ ލިސްޓާއެކު އިތުރު 60 މީހަކަށް ފްލެޓް ލިބިއްޖެ
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން