ގިރިފުށީގައި ޓްރެއިނިންނެއް ހަދަމުން ދަނިކޮށް، އެ ސަރަހައްދު ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް ވަޒަނެއް އަރައި މިއަދު ޒަހަމްވެއްޖެ އެވެ.
06 ނޮވެމްބަރ 2019
ގިރިފުށީގައި ޓްރެއިނިންނެއް ހަދަމުން ދަނިކޮށް، އެ ސަރަހައްދު ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް ވަޒަނެއް އަރައި މިއަދު ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ވަޒަން ގޮސް އޭނާގެ ގައިގައި ޖެހުނީ އެހެން ތަނެއްގައި ޖެހި ބާރުކެނޑިފައި ވަނިކޮށް ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސީ އެމްބިއުލެންސްގައި އޭނާ ހިންމަފުއްޓަށް ގެންދިއުމުން އެ ރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރުން އަރާ ފަރުވާ ދިނެވެ. އަދި އޭގެ ފަހުން އޭނާ ކޯސްޓް ގާޑުގައި މާލެ ގެންދަން ފުރީ ކަމަށް، ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ހިއެއްނުވޭ މާ ސީރިއަސް ޒަހަމްއެއްހެނެއް. ކަރު ބެންޑޭޖްކޮށްފައި އޮތީ،" އޭނާ ބުންޏެވެ.
އޭނާ އަށް މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ގިރިފުށީގައި ކުރިއަށް ގެންދާ ތަމްރީންތަކުގައި ލައިވް ވަޒަން ބޭނުންކުރާ އިރު، ކަނޑު އުޅަނދު ފަހަރަށް އަންގަން ރަތް ދިދައެއް ނަގާފައި ހުރެ އެވެ. އެ ދިދަ ނަގައިފި ނަމަ، ގިރިފުއްޓާ ވަކި ހިސާބަކުން އުޅަނދުފަހަރު ދަތުރުކުރުން މަނަ އެވެ.
ވަޒަން އެރި އިރު ސަފާރީ އޮތީ ގިރިފުށީގެ ހުޅަނގު ފަރާތުގަ އެވެ. އެކަމަކު އޭރު ސަފާރީ ދުއްވާފައި ދިޔައީ ކަމެއް ނުވަތަ އަޅާފައި އޮތީ ކަމެއް ނޭނގެ އެވެ.
މީގެ ކުރިން، 2015 ވަނަ އަހަރު ގިރިފުށީގައި ޖެހި ވަޒަނެއް، އެ ރަށާ ކައިރީގައި އޮތް ހިންމަފުށީ ގެއެއްގެ ދޮރަށް އެރި އެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ހިންމަފުށްޓަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!
ގިރިފުށިން ހިންމަފުއްޓަށް ވަޒަނެއް ނުފޯރާނެ: މިނިސްޓަރު
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ފަލަސްތީނުގެ ޓީމުގެ އިންތިޒާމުތަކަށް ޓާސްކްފޯހެއް!
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް