Roadha Mihaaru
"އެންމެނަށްވެސް ޔަމަހާ" ގެ ހަވަނަ ޕްރޮމޯޝަން ފަށައިފި

"އެންމެނަށްވެސް ޔަމަހާ" ގެ ހަވަނަ ޕްރޮމޯޝަން ފަށައިފި

08 ނޮވެމްބަރ 2019

އެލިއާ އިންވެސްޓްމަންޓުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ "އެންމެނަށްވެސް ޔަމަހާ" ގެ ހަވަނަ ޕްރޮމޯޝަން މިއަދު ހުޅުމާލޭގައި ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެލިއާ އިންވެސްޓްމަންޓުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ "އެންމެނަށްވެސް ޔަމަހާ" ގެ ހަވަނަ ޕްރޮމޯޝަން މިއަދު ހުޅުމާލޭގައި ފަށައިފި އެވެ.

ޔަމަހާގެ ކަސްޓަމަރުންނާއި އެލިއާއިން ސައިކަލް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިއަދާ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަކަށް ހުޅުމާލެ ސްވިމިން ޓްރެކް ކައިރީ އޮންނަ ހުސް ބިމުގަ އެވެ.

އެންމެނަށް ވެސް ޔަމަހާގެ ޕްރޮމޯޝަންތަކުގައި ސައިކަލް ގަންނަ މީހުންނަށް ތަފާތު އޮފާތައް އެލިއާއިން އަންނަނީ ދެމުންނެވެ. އެގޮތުން، މިފަހަރުގެ ޕްރޮމޯޝަންގައި އިންސްޓޯލްމަންޓަށް ސައިކަލް ނަގާ މީހުންނަށް ޑައުން ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއްފަހަރާ ފައިސާ ދައްކާ މީހުންނަށް 3000ރ. އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

"އެންމެނަށްވެސް ޔަމަހާ" ޕްރޮމޯޝަންގެ ތެރެއިން ބަޔަކު ސައިކަލު ނެގުމަށް ފޯމް ފުރަނީ-- ފޮޓޯ: މިހާރު

"އެންމެނަށްވެސް ޔަމަހާ" ޕްރޮމޯޝަންގެ ތެރެއިން ބަޔަކު ސައިކަލު ނެގުމަށް ފޯމް ފުރަނީ-- ފޮޓޯ: މިހާރު

ރަށްތަކުގައި ދިރިއުޅެ މީހުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެގޮތުން ފޯނުން ގުޅައިގެން ނުވަތަ އީމެއިލާއި ވައިބާ ބޭނުންކޮށްގެން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އެލިއާއިން ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރެއިން ނަގާ ކޮންމެ ސައިކަލަކަށް ހިލޭ ހެލްމެޓެއް ލިބޭނެ އެވެ. އަދި ޔަމަހާ ބްރޭންޑުގެ ސައިކަލް ގެންގުޅޭ އެންމެނަށް ވެސް ސައިކަލުގައި މައްސަލައެއް ހުރިތޯ މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި ބަލާލެވޭނެ އެވެ.

ޕްރޮމޯޝަންގެ ތެރެއިން ބަހާ ހެލްމެޓް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު

ޕްރޮމޯޝަންގެ ތެރެއިން ބަހާ ހެލްމެޓް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު

އެލިއާއިން އަންނަނީ ޔަމަހާ ބްރޭންޑުގެ ހަތް މޮޑެލެއް ރާއްޖޭގައި ވިއްކަމުންނެވެ. މީގެ ތެރޭގައި ފިނޯ އާއި އެންމެކްސް އާއި އެމްއެކްސް ކިންގް އާއި ކިއުބިކްސްގެ އިތުރުން ފްރީގޯ އާއި އެރޮކްސް އަދި ޔަމަހާ މިއޯ ހިމެނެ އެވެ.

އެލިއާ އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންތަކަކީ އެ ކުންފުންޏަށް 55 އަހަރު ފުރުން ފާހަގަ ކުރުމާއި އެލިއާ އިންވެސްޓްމެންޓާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމާ ގުޅުވައިގެން "އެންމެނަށް ވެސް ޔަމަހާ" ގެ ނަމުގައު ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަންތަކެކެވެ.