Roadha Mihaaru
"ޔަމަހާ ފްރައިޑޭ" ޕްރޮމޯޝަން އިވެންޓް ބާއްވައިފި

ހާއްސަ ޑިސްކައުންޓްތަކާ އެކު އެލިއާގެ "ޔަމަހާ ފްރައިޑޭ" ބާއްވައިފި

10 ޖޫން 2022

ޔަމަހާ ސައިކަލްތަކަށް ހާއްސަ ޑިސްކައުންޓްތަކަކާއި އެކި ކަހަލަ ޕްރޮމޯޝަންތަކާ އެކު އެލިއާ އިން "ޔަމަހާ ފްރައިޑޭ" މިއަދު ބާއްވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޔަމަހާ ސައިކަލްތަކަށް ހާއްސަ ޑިސްކައުންޓްތަކަކާއި އެކި ކަހަލަ ޕްރޮމޯޝަންތަކާ އެކު އެލިއާ އިން "ޔަމަހާ ފްރައިޑޭ" މިއަދު ބާއްވައިފި އެވެ.

ހުޅުމާލޭ އެއްވަނަ ރުއްގަނޑު ސަރަހައްދުގައި ބޭއްވި މި އިވެންޓުގައި ވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޔަމަހާ ބްރޭންޑްގެ އެކި މޮޑެލްތަކުގެ ސައިކަލުތައް ދައްކާލައިފަ އެވެ.

އެ ޕްރޮމޯޝަނަލް އިވެންޓްގެ ދަށުން އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ދިނެވެ. އަދި އިންސްޓޯލްމެންޓަށް ސައިކަލް ގަންނަ މީހުން ދައްކަން ޖެހޭ ޑައުން ޕޭމެންޓްގެ 50 ޕަސެންޓް ކުޑަކޮށްދިނެވެ.

'ޔަމަހާ ފްރައިޑޭ' އިވެންޓްގެ ތެރެއިން ---ފޮޓޯ: އެލިއާ

'ޔަމަހާ ފްރައިޑޭ' އިވެންޓްގެ ތެރެއިން ---ފޮޓޯ: އެލިއާ

އޭގެ އިތުރުން، ސައިކަލަށް ބޭނުންވާ ބައެއްކަހަލަ ސާވިސްތައް ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ހާއްސަ ކޮށްގެން 'ކިޑްސް ޒޯން' އެއް ވަނީ ބާއްވައިފަ އެވެ.

ޔަމަހާ ސައިކަލްތައް ހިލޭ ސާވިސް ކޮށްދިނުން ވެސް މިއަދު އޮތެވެ. އޭގެ ތެރޭގައި، އަޑީތެޔޮ ބަދަލުކޮށްދިނުމާއި ސައިކަލް ޑައިގްނޮސް ކޮށްދިނުން ފަދަ ކަންކަން އެއްވެސް ހަރަދެއް ނުދީ ކަސްޓަމަރުންނަށް ދިނުން ހިމެނެ އެވެ.

އެލިއާގެ މާކެޓިން މެނޭޖަ އަހްމަދު އަސީލް 'މިހާރު' އަށް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި މިފަދަ ޕްރޮމޯޝަންތަކާއި ޑިސްކައުންޓްތައް ލިބޭނެ އިވެންޓްތައް މިއަހަރު ތެރޭ ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

'ޔަމަހާ ފްރައިޑޭ' އިވެންޓްގައި ދައްކާލި އެ ބްރޭންޑްގެ ބައެއް ސައިކަލްތައް ---ފޮޓޯ: އެލިއާ

'ޔަމަހާ ފްރައިޑޭ' އިވެންޓްގައި ދައްކާލި އެ ބްރޭންޑްގެ ބައެއް ސައިކަލްތައް ---ފޮޓޯ: އެލިއާ

"ޔަމަހާ ފްރައިޑޭ' އިވެންޓް ކުރިއަށް ދިޔައީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

އެލިއާއިން ވިއްކާ ހުރިހާ ސައިކަލެއްގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން އެ ސައިކަލު އަމިއްލަ ވެއެވެ. އަދި އިސްލާމީ ޝަރީއާ އާ އެއްގޮތަށް ދޫކުރާ އިންސްޓޯލްމެންޓް ސްކީމްގެ ދަށުން 36 މަސް ދުވަހަށް ބަހާލައިގެން ސައިކަލް ނެގެއެވެ. މަހުން މަހަށް ފައިސާ ދައްކާގޮތަށް ނަގާ ސައިކަލްތައް ވެސް ކަސްޓަމަރުންނަށް ލިބެނީ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށް، ޕްރައިވެޓް ބޯޑާ އެކު އެވެ.