11 ނޮވެމްބަރ 2019
މީގެ ފަސް އަހަރު ކުރިން ރިލީޒްކުރަން އުޅުނު ފިލްމު "މާޔޫސް" އެންމެ ފަހުން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ފަސް އަހަރު ކުރިން ރިލީޒްކުރަން އުޅުނު ފިލްމު "މާޔޫސް" އެންމެ ފަހުން ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އަންގާރަ ދުވަހު ބައިސްކޯފަށް އެއް އަހަރު ފުރުމާ ދިމާކޮށް ގެނެސްދޭން ހުރި އުފެއްދުންތަކުގެ ތެރޭގައި "މާޔޫސް" ހިމެނޭކަން އެތަނުން އާންމުކުރި ޕްރޮމޯއެއްގައި ވަނީ ބުނެފަ އެވެ.
މި ފިލްމަކީ ސްކްރީން ރައިޓަރު މަހުދީ އަހުމަދު ލިޔެ، ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ދެހާސް ސާދަ ވަނަ އަހަރު ސްކްރީނަށް ގެންނަން އުޅުނު "މާޔޫސް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ފިލްމު ކުޅުން ހުއްޓާލާފައިވާ ނިއުމާ މުހައްމަދާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ.
މިއީ މި ތިން ތަރިން، ޖުމަލް ފިލްމީ ދާއިރާ އަށް ތައާރަފުވި 2014 ގެ ފިލްމު "އަނިޔާ" އަށް ފަހު، އެކީގައި ފެންނަ ދެވަނަ ފިލްމެވެ.
ބ. އަތޮޅުގައި މަންޒަރުތައް ނެގި "މާޔޫސް" ޑައިރެކްޓްކޮށްފައި ވަނީ ފީޗާ ފިލްމެއް އަލަށް ޑައިރެކްޓް ކުރި އެކްޓަރު އަޖްނާޒް އަލީ (އަޖޫ) އެވެ. މި ފިލްމުގައި ކިޔައި ދެނީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮއަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ.
މި އަހަރު ރިލީޒްކުރި "ނިވައިރޯޅި" އާ އެކު ފިލްމު ކުޅުން ހުއްޓައިލި ނިއުމާގެ ކުރީގެ ފިލްމެއް ދާދި ފަހުން ވެސް ބައިސްކޯފުން ސްޓްރީމްކޮށްފައިވެ އެވެ.
އެއީ 2013 ގައި ރިލީޒްކުރަން ޕްލޭންކުރުމަށް ފަހު، އެކި ސަބަބުތަކާ ހެދި ރިލީޒްނުވެ ދިގުލައިގެން ގޮސްފައި އޮތް އެންތޮލޮޖީ ފިލްމު "4 ހަޅަ" އެވެ. އެ ފިލްމުގައި ނިއުމާ ފެނިގެން ދިޔައީ މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ "ބައިވެރިޔާ" ސެގްމަންޓުންނެވެ.
"މާޔޫސް" އެންމެ ފަހު އެޑިޓިން އަށް
މުންކޮ އާއި މަހުދީ އަށް "ގާލްފްރެންޑްސް"
މޫމިންގެ އާ އަހަރުގެ ހަދިޔާ އަކީ "ފީހާލި"
"ގަމިނި" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
އެންމެ ޑައިރެކްޝަނެއް، އެކަމަކު އަދިވެސް އުންމީދުކުރެވޭ
ހަ އަހަރު ފަހުން "4 ހަޅަ" ބައިސްކޯފަށް
ދިވެހި ސިނަމާގެ ސުރުހީތައް
ފައްތާހްގެ "ހައްދު" ކްރޫ ކެލާގައި
ގައުމީ އެވޯޑްސްގައި "އިނގިލި" ހުސް އަތާ!