27 ސެޕްޓެމްބަރ 2016
ރިޔާޒް (ސެޕްޓެމްބަރު 27) - ތެލުގެ އަގު ދަށްވެ ގައުމަށް ލިބޭ އާމްދަނީ ދަށަށް ދާން ފެށުމުން ސައުދީ އަރަބިއާ އިން ފުރަތަމަ ފަހަރަށް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފި އެވެ.
ރިޔާޒް (ސެޕްޓެމްބަރު 27) - ތެލުގެ އަގު ދަށްވެ ގައުމަށް ލިބޭ އާމްދަނީ ދަށަށް ދާން ފެށުމުން ސައުދީ އަރަބިއާ އިން ފުރަތަމަ ފަހަރަށް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފި އެވެ.
ސައުދީ ޝާހީ ވެރިކަމުގެ ފަރާތުން ނެރުނު ގަރާރެއްގައި ވަނީ ވަޒީރުންގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް ޝޫރާ ކައުންސިލްގެ މެންބަރުންގެ ހައުސިން އަދި ކާރު އެލަވަންސް 15 ޕަސެންޓް ކުޑަ ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ދަށް ވަޒީފާތަކުގައި އުޅޭ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި އޯވަ ޓައިމް ފައިސާ ދިނުން މަޑުޖައްސާލާ އަދި އަހަރީ ޗުއްޓީ ދިނުން ވެސް ވަނީ މި ވަގުތަށް ހުއްޓުމަކަށް ގެނެސްފަ އެވެ.
ސައުދީ އަރަބިއާގައި ވަޒީފާގައި އުޅޭ މީހުންގެ ތިންބައިކުޅަ ދެބައި އުޅެނީ ސަރުކާރުގެ ވަޒީފާތަކުގަ އެވެ. މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ކުރި ޚަރަދުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފައި ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ އަށެވެ. މުވައްޒަފުންގެ މުސާރަ އަށް ސައުދީން މިދިޔަ އަހަރު ވަނީ 120 ބިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. ސައުދީގެ ބަޖެޓް ދަރަނި މިހާރު ވަނީ 98 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
ތެލުގެ އާމްދަނީ ދަށަށް ދާތީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އޭޕްރީލް މަހު ވަނީ އިގްތިސާދީ އިސްލާހީ ޕްލޭނެއް އާއްމު ކުރައްވައިފަ އެވެ. މި ޕްލޭނުގައިވާ ގޮތުން ސައުދީން ތެލުގެ އާމްދަނީ އަށް ބާރޯސާވުން ވަނީ ކުޑަކޮށްފަ އެވެ.
ސައުދީ ސަރުކާރުން ޑިސެމްބަރު ވަނީ ޕެޓްރޯލާއި ޔުޓިލިޓީ ސަބްސިޑީ ކަނޑާލައިފަ އެވެ. އެކަމުގެ ޝަކުވާތައް ބޮޑުވުމުން އޭގެ ހަ މަސް ފަހުން ވަނީ ކަރަންޓާއި ފެނާ ބެހޭ ވަޒީރު މަގާމުން ވަކިކޮށްފަ އެވެ.
ސައުދީގެ ބައެއް ފަރާތްތަކުން މިހާރު ސޯޝަލް މީޑިއާގައި ވަނީ ކުރީގެ ރަސްގެފާން އަބްދުﷲ ގެ ޒައާމަތުގައި އެ މީހުން ހޭދަކުރީ މާފަހި ދުވަސްތަކެއް ކަމަށް ބުނަން ފަށައިފަ އެވެ.
ރައީސްގެ މުސާރައިން 50 ޕަސެންޓް ނުނަގަން ނިންމަވައިފި
ސައުދީ ވަޒީރުންގެ މުސާރަ އިން އުނިކުރީ ކިހާވަރެއް؟
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
މުސާރައިން 10 ޕަސެންޓް އުނިކުރަން ފަލާހު ނިންމަވައިފި
މުސާރަ އުނިކުރަން މަޖިލިސް ރައީސް ވެސް ނިންމަވައިފި
ދައުލަތުގެ ވެރިންގެ މުސާރައިން 10ޕަސެންޓް އުނިކުރަނީ
ސަބްސިޑީ ރިފޯމް ކުރާނީ އަންނަ އަހަރު
ރާއްޖެ-ސައުދީން ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަނީ
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
މޫޑީސް އިން ރާއްޖެއަށް ދިނީ "ސީއޭއޭ2" ރޭޓިންއެއް