އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ޔޫރަޕްގައި ގާއިމުކުރާ އެ ކުންފުނީގެ ފުރަތަމަ ފެކްޓްރީ ޖަރުމަނުގައި ހަދަން ނިންމައިފި އެވެ.
14 ނޮވެމްބަރ 2019
އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ޔޫރަޕްގައި ގާއިމުކުރާ އެ ކުންފުނީގެ ފުރަތަމަ ފެކްޓްރީ ޖަރުމަނުގައި ހަދަން ނިންމައިފި އެވެ.
އީލޮން ބުދަ ދުވަހު ކުރި ޓްވީޓެއްގައި އެކަން ކަށަވަރުކޮށް ދެމުން ބުނީ ޖަރުމަންގެ ފެކްޓްރީ ހާއްސަވާނީ އެ އެކުންފުނީގެ މޮޑެލް ވައި އަށް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ޖަރުމަންގެ ވެރިރަށް ބާލިންގައި ގާއިމުކުރާނީ އިންޖިނިއަރިން އާއި ޑިޒައިނިން އަށް ހާއްސަ ސެންޓަރެއް ކަމަށް ބުންޏެވެ.
"ޖަރުމަނަކީ މިފަދަ މަސައްކަތްތަކަށް އެންމެ އެކަށީގެންވާ އެއް ގައުމު. އަހަރެމެން އެންމެންނަށް ވެސް އެނގޭ ޖަރުމަން އިންޖިނިއަރިން އިންޑަސްޓްރީގައި އޮތް ހިސާބާއި އެ ގައުމު މި ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް،" އީލޮން ވިދާޅުވި އެވެ. "އެހެންވީމަ އަހަރެމެންގެ ގިގަފެކްޓްރީ ޔޫރަޕަށް ގެންދާ އިރު، ޖަރުމަނަށް ވުރެ ވަކި ރަނގަޅު ތަނެއް ނެތް."
Will build batteries, powertrains & vehicles, starting with Model Y
— Elon Musk (@elonmusk) November 12, 2019
ޓެސްލާ އިން ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މަސައްކަތްތައް ޔޫރަޕަށް ގެންދާނީ 2021 ގަ އެވެ. ނަމަވެސް ޓެސްލާ އިން މިހާތަނަށް ބޮޑު އިންވެސްޓެއްކޮށްފައިވާ ޗައިނާގައި އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގެ ވަދަވެރިކަން ބޮޑުވެފައިވާތީ، ޓެސްލާގެ އަމާޒު ޔޫރަޕަށް ހިފީ އެވެ. މިއީ މިހާރު އިލެޓްރިކް ވެހިކަލްތަކަށް އެންމެ ބޮޑު މާކެޓެއް ވެސް އުފެދެމުން އަންނަ ސަރަހައްދެވެ.
އީލޮން ވިދާޅުވީ ޖަރުމަނުގައި ބިނާކުރާ ބިޔަ ފެކްޓްރީ ހަދާނީ ބާލިންގެ އާ އެއާޕޯޓާ މާ ދުރު ނޫން ސަރަހަދެއްގަ އެވެ. އެކަމަކު މި މަޝްރޫއު އަށް އިންވެސްޓްކުރާނެ އަދަދެއް ހިއްސާއެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ތަނުގައި ޖަރުމަނާއި ފްރާންސާއި އިޓަލީ އަދި ސްޕޭންވެގެން އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގެ މަސައްކަތްތައް އެންމެ ފުޅާކޮށް ކުރިއަށްދާނެ ތަންތަނަށެވެ. އެގޮތުން އެ ތަންތަނުގެ އޮޕަރޭޝަންތައް 2023 ގައި ފެށިގެން ދާނެ އެވެ.
ފެކްޓްރީ ހަދަން ރަޝިއާ އިން ޓެސްލާ އަށް ދައުވަތު
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
ޓެސްލާގެ ކާރުތަކުން ޖާސޫސްކުރާކަމުގެ ތުހުމަތު
ދަރިފުޅުގެ ނަން ވައްތަރީ ޕާސްވޯޑަކާ: އީލޮން
މައިކްރޮސޮފްޓުން ޓިކްޓޮކާ އުޅޭތީ ގޭޓްސްގެ ފާޑުކިޔުން
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"
އެމެޒޯން އިން 1.2 ބިލިއަން ޑޮލަރަށް ޒޫކްސް ގަނެފި
ކޮވިޑް-19 އާ ދެކޮޅަށް ޖެކް މާގެ އެހީ އެމެރިކާ އަށް