Roadha Mihaaru
ހީލިއަމް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ހީލިއަމް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

16 ނޮވެމްބަރ 2019

މޯލްޑިވް ގޭހުން ހީލިއަމް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވް ގޭހުން ހީލިއަމް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދެ ސައިޒެއްގެ ހީލިއަމް ފުޅިން ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން ހަތަރު ކިލޯގެ ޕޯޓަބަލް 1،000ރ. ލިބޭނެ އެވެ. އަދި 46 ލީޓަރުގެ ލައިޓާސް ރީފިލަބަން ސިލިންޓަރު 7،000ރ. އަށް ލިބޭނެ އެވެ. މީގެ ތެރެއިން 46 ލީޓަރުގެ ސިލިސްޓަރަކީ ޕާޓީތަކާއި އޮފީސްތަކުގެ ހަފުލާތަަކަށް އެކަށީގެންވާ ފުޅި އެކެވެ.

ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ހީލިއަމް ފުޅިއަކަށް 50 ފުއްޕާހަމުގެ ޕެކެއް ލިބޭނެ އެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި ބޮޑު ސައިޒުގެ ފުޅިން 500 ފުއްޕާހަމަށް ހީލިއަމް އެޅޭނެ އެވެ. އަދި ކުޑަ ފުޅިން 50 ފުއްޕާހަމަށް ހީލިއަމް އެޅޭނެ އެވެ.

އިއްޔެ ފެށި މި ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައި މޯލްޑިވް ގޭހުގެ މި ޕްރޮމޯޝަން ލައިވްކޮށް ޝެއާ ކުރި މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ހީލިއަމް ފުޅިއެއް ލިބޭނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭ މޯލްޑިވް ގޭހުން ވިޔަފާރިކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ހީލިއަމް ފުޅިއެއް ލިބޭނެ އެވެ.