Roadha Mihaaru
އަލަށް ރަޖިސްޓްރީވުމުން މޯލްޑިވް ގޭސްއިން ލުއިފުޅި ހިލޭ

އަލަށް ރަޖިސްޓްރީވާ މީހުންނަށް މޯލްޑިވް ގޭސް އިން ލުއިފުޅި ހިލޭ

01 ނޮވެމްބަރ 2020

މޯލްޑިވް ގޭސްގައި އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ހިލޭ ލުއިފުޅިއެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވް ގޭސްގައި އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ހިލޭ ލުއިފުޅިއެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"ލުއި ހިލޭ"ގެ ނަމުގައިި ފެށި މި ޕްރޮމޯޝަނުގައި އަލަށް ރަޖިސްޓްރީވާ ކޮންމެ ކަސްޓަމަރަކަށް ލުއިފުޅި ހިލޭ ލިބޭނެ އެވެ. އަދި ފުޅިއާއެކު އިތުރު ހަދިޔާއެއްގެ ގޮތުގައި ބަދިގޭގައި ބޭނުންކުރާ އެއްޗެއް ވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީީ މިއަދުން ފެށިގެން ލުއި ފުޅީގެ ސްޓޮކް ހުސްވަންދެން ކަމަށް މޯލްޑިވް ގޭސް އިން ބުންޏެވެ. މި ޕްރޮމޯޝަނުގެ ދަށުން އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުން ދައްކަން ޖެހޭނީ ގޭހަށް ދައްކަން ޖެހޭ 200ރ. އެވެ.

"ލުއި ހިލޭ" ޕްރޮމޯޝަން ސްޓޮކް ހުސްވަންދެން ކުރިއަށްދާނެ--

"ލުއި ހިލޭ" ޕްރޮމޯޝަން ސްޓޮކް ހުސްވަންދެން ކުރިއަށްދާނެ--

މާލެ ސަރަހައްދަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނުގެ ދަށުން އަލަށް ރަޖިސްޓްރީވާން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ހޮޓްލައިން 1616 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.

މޯލްޑިވް ގޭސްގެ ލުއިފުޅިއަކީ ޒަމާނީ ބަދިގެތަކަށް ހާއްސަ، ރައްކާތެރި ފުޅިއެކެވެ. މީގެ އިތުރުން އެ ކުންފުނިން ވިއްކާ ގޭހަކީ މި ސަރަހައްދުުގައި ލިބެން ހުރި އެންމެ ކޮލިޓީ ރަނގަޅު ކައްކާ ގޭހެވެ.