Roadha Mihaaru
ކިއުއާރުކޯޑުން ފައިސާ ދައްކައިގެން ދެ ލައްކަ ރުފިޔާ

ކިއުއާރުކޯޑުން ފައިސާ ދައްކައިގެން ދެ ލައްކަ ރުފިޔާ ލިބުމުގެ ފުރުސަތު

18 ނޮވެމްބަރ 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިންކް" ގެ ނަމުގައި ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިންކް" ގެ ނަމުގައި ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލްގެ މޯބައިލް ޕޭ ބޭނުން ކުރާ ކަސްޓަމަރުންނާއި މާޗެންޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ކިއުއާރު ކޯޑް އަދި ލިންކު ބޭނުން ކޮށްގެން ފައިސާ ދައްކާ މީހުންގެ މެދުގައި ގުރުއަތު ނަގާނެ އެވެ. މި ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށާއި ތިން މާޗެންޓުންނަށް 30،000ރ. އާއި 20،000ރ. އަދި 10،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ މީހަކަށް ވެސް ފައިސާގެ އިނާމް ދޭން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ކޮންމެ ހަފްތާއަކު ހޮވާ ފަސް ކަސްޓަމަރުންނާއި ފަސް މާޗެންޓުންނަށް 1000ރ. ގެ ފައިސާގެ އިނާމް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއށް ގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ 17 ގެ ނިޔަލަށެވެ.

ބީއެމްއެލްގެ މޯބައިލް ޕޭ އަކީ ކާޑާއި ފައިސާގެ ބަދަލުގައި އޮންލައިންކޮށް ފައިސާގެ މުއާމަލާތް ކުރުމަށް އެ ބޭންކުން ދޭން ފެށި ހިދުމަތެކެވެ. މި ހިދުމަތް ފުޅާކޮށް، ކިއުއާރުކޯޑު ސްކޭން ކޮށްގެންނާއި ލިންކު ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ބީއެމްއެލުން ހަދާފައި ވަނީ މި އަހަރުގެ ތެރޭގަ އެވެ.