Roadha Mihaaru
ސޫޕް ބުއިމުން މެލޭރިއާ ފަސޭހަވުން އަވަސްވޭ

ސޫޕް ބުއިމުން މެލޭރިއާ ފަސޭހަވުން އަވަސްވޭ

21 ނޮވެމްބަރ 2019

މަދީރެ ސަބަބުން ޖެހޭ މެލޭރިއާ އިން އަވަހަށް ފަސޭހަވާން ސޫޕަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަދީރެ ސަބަބުން ޖެހޭ މެލޭރިއާ އިން އަވަހަށް ފަސޭހަވާން ސޫޕަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އާކައިވްސް އޮފް ޑިޒީޒް އިން ޗައިލްހުޑްގައި ޖާނަލްގައި ޝާއިއުކޮށްފައިވާ އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖް ލަންޑަނާއި ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލްގެ ސައިންޓިސްޓުންގެ ޓީމަކުން ހަދާފައިވާ ދިރާސާއެއްގައި ބުނީ މެލޭރިއާ ޖެހިގެން އުޅޭ ނަމަ އަވަހަށް ފަސޭހަވާނެ އެންމެ ފަސޭހަ އެއްގޮތަކީ ސޫޕް ބުއިމެވެ. އެގޮތުން ތަރުކާރީ ނުވަތަ މަހުގެ ބާވަތްތަކުން ތައްޔާރުކުރާ ސޫޕަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ބުންޏެވެ.

ދިރާސާގައި ބުނީ ސޫޕަކީ މެލޭރިއާ ޕެރަސައިޓްތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއް ކަމަށާއި މެލޭރިއާ ގުޅިގެން ހަށިގަނޑަށް ފެތުރޭ ޕެރަސައިޓެއް ކަމަށްވާ ޕްލެޒްމޯޑިއަމް ފަލްޝިޕޭރަމް ނައްތައިލަން ވަރަށް ބޮޑު ބާރަކަށްވާ ކަމަށެވެ.

މެލޭރިއާގައި މަރުވާ މީހުންގެ 99 ޕަސެންޓަކީ އެ ޕެރައިސައިޓް ހަށިގަނޑަށް ފެތުރި ފުރާނަ ގެއްލޭ މީހުން ކަމަށް ދިރާސާގައި ބުންޏެވެ.

މެލޭރިއާ އަކީ އެކަމަށް ހާއްސަ ބޭސްތަކެއް ދީގެން ފަރުވާ ކުރެވޭ ބައްޔަކަށް ވިޔަސް، ބޭހުގެ ނަތީޖާތަކާ ދޭތެރޭ ކަންބޮޑުވުންތަކެއް ހުރި ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެންވެ އެ ބަލީގެ ދުވަސްވަރު ކެއުމުގެ ވައްޓަފާޅި ގެންނަ ބަދަލުގެ ތެރޭގައި ގިނައިން ސޫޕް ހިމެނުމަކީ ވަރަށް އެދެވޭ ހެޔޮ ބަދަލަކަށް ވާނެ ކަމަށް ބުންޏެވެ.

އެގޮތުން ދިރާސާގައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ހާއްސަ 56 ވައްތަރެއްގެ ސޫޕްގެ ފައިދާތައް ހޯދައިފަ އެވެ. އެގޮތުން ހުރިހާ ހިސާބެއްގައި ޒަމާނުއްސުރެ ބޭނުންކުރާ ސޫޕްތަކަކީ ފައިދާހުރި އެތައް މާއްދާތަކެއް އެކުލެވޭ އެއްޗެއްކަން ފާހަގަކުރެވުނެވެ.

ތަރުކާރީ ސުޕް ތައްޓެއް.

ތަރުކާރީ ސުޕް ތައްޓެއް.

ވަކިން ހާއްސަކޮށް ސޫޕްތަކުގައި ތަރުކާރީ އާއި އެކި ބާވަތްތަކުގެ ފަތްޕިލާވެލި އެކުލެވޭ ނަމަ އޭގެ ފައިދާ ވަކިން ބޮޑުކަން ފާހަގަވެފައިވެ އެވެ. ހަމަމިއާ އެކު އެެއްގަމާއި ކަނޑުމަހުގެ ބާވަތްތަކުން ތައްޔާރުކުރާ ސުޕްތަކަކީ ވެސް މެލޭރިއާ ފަތުރާ ޕެރަސައިޓްތަކާ ދެކޮޅަށް މަސައްކަތްކުރތާ ގިނަ މާއްދާތަކެއް އެކުލެވޭ ކެއުންތަކެއްކަން ދައްކަ އެވެ.

ނަމަވެސް ދިރާސާ ޓީމުން ބުނިގޮތުގައި މިކަމަކީ އަދިވެސް އިތުރު ހޯދުންތަކެއް ހޯދުން މުހިއްމު ކަމެކެވެ.