24 ނޮވެމްބަރ 2019
ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަތަރު ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް (އިފްސާ) ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަތަރު ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް (އިފްސާ) ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
މި މަހުގެ 28 ގައި ހޮޓެލް ޖެންގައި ބާއްވާ މި ފޯރަމްގެ މަގުސަދަކީ އިސްލާމިކް ފައިނޭންސިން ދާއިރާގެ އިސް ބޭފުޅުން އެއްތަނަކަށް ޖަމާވެ އެ ދާއިރާ ކުރިއެރުވުމަށް ކުރެވޭނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މިއީ މި ފޯރަމް ސްރީ ލަންކާއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރު ވެސް މެއެވެ.
މި ފޯރަމުގައި ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސްގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ޔޫރަޕާއި މެދު އިރުމަތީގެ ތަޖުރިބާކާރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ވަފުދުތައް ރާއްޖެ އަންނަން ފަށާނީ މި މަހުގެ 26 ގަ އެވެ.
މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް ގަވަނަންސް އިންސްޓިޓިއުޓް (އެމްސީޑީޖީއައި) އިން ބުނީ އެ ކުންފުނިން ރާވައިގެން ކުރިއަށްގެންދާ މި ފޯރަމް މެދުވެރިކޮށް އިސްލާމިކް ފައިނޭންސިން ދާއިރާގައި ކުރިއެރުން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި މިއީ މި ދާއިރާގެ ރާއްޖޭގެ ހުރިހާ ސްޓޭކް ހޯލްޑަރުންނަށް ވެސް ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
- އދ ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން އައިބީއެފް އިން ކުރެވޭނެ ކަންތައްތައް.
- ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން ބޭންކިންއަށް ކުރާ އަސަރު.
- ޑިޖިޓަލް ޓެކްނޮލޮޖީއާ އެކު އިސްލާމިކް ފައިނޭންސް ކުރިއެރުވޭނެ ގޮތްތައް
- ހަލާލް ފުޑް އިންޑަސްޓްރީ އާއި އިސްލާމިކް ޓޫރިޒަމް
މި ފޯރަމުގެ ތެރެއިން އިސްލާމިކް ފައިނޭންސިން ދާއިރާގެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. "އިފްސާ" އެވޯޑުގެ ތެރެއިން އިސްލާމިކް ފައިނޭންސް އެސޯސިއޭޝަން އޮފް ސައުތު އޭޝިއާ (އިފާސާ) ގެ ބޭސްއެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސަން ވެސް ވަނީ ނިންމައިފަ އެވެ.
ހަލާލު ޓޫރިޒަމް ކުރިއަރުވަން އިސްކަން ދެން: ޖިހާދު
އިސްލާމިކް ފައިނޭންސިން އިންސްޓިޓިއުޓް ގާއިމުކޮށްފި
"އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދޭނެ"
އެމްސީއައިއެފާއި އެމްއެސްޑީސީ އެއްބަސްވުމެއް ގާއިމްކޮށްފި
މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި
އިސްލާމިކް ފައިނޭންސާ އެއްގޮތަށް ރިސޯޓު ތަރައްގީ ކުރަނީ
ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް
ގްލޯބަލް އިސްލާމިކް ފައިނޭންސްގެ އެވޯޑެއް އެލިއާއަށް
ބީއެމްއެލްގެ ހައުސިން ފައިނޭންސިންގެ މައުލޫމާތު ދެނީ
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް