Roadha Mihaaru
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ

ހަރުކަށި ފިކުރު ހުއްޓުވަން ކުއްލި ހާލަތު އިއުލާން ކުރަން ޖާބިރު ގޮވާލައްވައިފި

25 ނޮވެމްބަރ 2019

ރާއްޖޭގައި ހަރުކަށި ފެތުރި ލޭއޮހޮރުވުމެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހަރުކަށި ފެތުރި ލޭއޮހޮރުވުމެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގޮވާލައްވައިފި އެވެ.

ށ. މާއުނގޫދު އަށް ބަޔަކު އަރައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަ ކުރެހި މައްސަލަ އާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން ދަނީ ވަރަށް ގޯސްކޮށް ކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހިންގަމުންދާ އަމަލުތަކާ މެދުގައި ހިތާމަ ކުރައްވާ ކަމަށާއި އެކަންކަން ހައްލު ނުކުރާ ނަމަ، އެކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަންގަވަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. އިސްލާމް ދީނޭ ކިއާފައި ހަރުކަށި ފިކުރު މީހުންގެ ނެޓްވޯކެއް ރާއްޖޭގައި އޮތް އިރު، އެ މީހުންގެ އަމަލުތައް ހުއްޓުވައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަނީ، ކުއްލި ހާލަތު އިއުލާން ކުރާ ވަގުތު ޖެހިއްޖެއޭ ރާއްޖޭގައި. ގައުމުގެ ރަށްތައް ހިފަމުންނޭ މި ދަނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އެ އިޝާރާތް ކުރެއްވީ ށ. މާއުނގޫދު އަށް ބަޔަކު އަރައި އެކި ތަންތަނުގައި އައިސިސްގެ ލޯގޯ އާއި ދިދަ ކުރެހި މައްސަލައިގައި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގައި މިކަންކަން ހިނގާ ނަމަ، ލޭ އޮހޮރުވުމަށް ހިނގައިދާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި އެކަންކަން ނުހުއްޓުވޭ ނަމަ، ރައީސް އިސްތިއުފާ ދެއްވުމަށް ޖާބިރު ގޮވާލެއްވި އެވެ.

"އެކަންކަން ހުއްޓުވަން ރައީސަށް ވަނީ ބާރުދީފައި. ސަރުކާރުގެ އިދާރާތަކަށް އެކަން ނުވަންޏާ ސީދާ ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ އެކަން ހުއްޓުވަން ނުކުންނަވަން،" ޖާބިރު ވިދާޅުވި އެވެ.