26 ނޮވެމްބަރ 2019
ފްލޮރިޑާ (ނޮވެމްބަރު 26) - އެމެރިކާގެ ރއީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ހިންގާ މާ-އަ-ލަގޯ ރިސޯޓަށް ގަވާއިދާ ޚިލާފަށް ވަން ޗައިނާގެ އަންހެނަކު އަށް މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ފްލޮރިޑާ (ނޮވެމްބަރު 26) - އެމެރިކާގެ ރއީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ހިންގާ މާ-އަ-ލަގޯ ރިސޯޓަށް ގަވާއިދާ ޚިލާފަށް ވަން ޗައިނާގެ އަންހެނަކު އަށް މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ޓްރަމްޕުގެ ރިސޯޓަށް ވަންނަން އުޅެނިކޮށް އުމުރުން 33 އަހަރުގެ ޗައިނާގެ ޝެންހައީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޔޫޖިން ޒަންގް ހައްޔަރުކުރީ މާޗް 30 ގަ އެވެ. އޭރު ބެލެވުނީ އޭނާ އަކީ ޗައިނާގެ ޖާސޫސެއް ކަމަށެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ފަހުން ބުނެފައި ވަނީ އޭނާ އެފަދަ ކަމެއް ކުރަން އުޅެފައި ނުވާ ކަމަށެވެ.
ކޮންމެ ހަފުތާ ބަންދެއްގައި ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް މާ-އަ-ލަގޯގައި ހޭދަ ކުރައްވަ އެވެ. ނަމަވެސް އެ އަންހެން މީހާ ރިސޯޓަށް ވަންނަން އުޅުނު ޓްރަމްޕް އެ ތަނުގައި ނޫޅުއްވަ އެވެ.
ޓްރަމްޕުގެ ރިސޯޓަށް ގަވާއިދާ ޚިލާފަށް ވަންނަން އުޅުނު ޔޫޖިން ޒަންގް
ހުކުމުގެ ކުރިން ޒަންގް މިހާރު ވެސް ވަނީ ހަތް މަހާއި ބައިގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފަ އެވެ.
ޓްރަމްޕުގެ ރިސޯޓަށް ވަންނަމުން މާ-އަ-ލަގޯގެ ސެކިއުރިޓީ ސްޓާފުން ގާތު ޒަންގް ބުނެފައި ވަނީ އޭނާ ދިޔައީ ސްވިމިން ޕޫލް ބޭނުން ކުރަން ކަމަށެވެ. ނަމަވެސް ފަހުން ވަނީ ވާހަކަ ބަދަލުކޮށް އޭނާ އެތަނަށް ދިޔައީ އދ.ގެ ބައްދަލުވުމެއްގައި ބައިވެރިވާން ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކެންސަލްވެފައިވާ އިވެންޓަކަށް ވާތީ ރިސޯޓުގެ ރިސެޕްޝަނިސްޓުން ވަނީ އޭނާ ސީކްރެޓް ސާވިސްގެ އެޖެންޓުންނާ ހަވާލުކޮށްފަ އެވެ. ޒަންގް ހައްޔަރު ކުރި އިރު ވަރަށް ގިނަ އިލެކްޓްރޯނިކްސް ޑިވައިސްތައް އޭނާ ގެންގުޅުނެވެ. އެހެންވެ އޭރު ބެލެވުނީ އޭނާ އަކީ ޖާސޫސެއް ކަމަށެވެ.
ކޯޓުގައި ޒަންގް ބުނެފައި ވަނީ މާ-އަ-ލަގޯ އަށް ދިޔައީ ޓްރަމްޕްއާ ބައްދަލު ކުރުމަށް ކަމަށެވެ.
ޓައިވާނުން އެމެރިކާއަށް އަގު ދައްކަންޖެހޭނެ: ޓްރަމްޕް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ޓްވިޓާ އެކައުންޓް ހޯދަން ޓްރަމްޕް އަމުރަކަށް އެދެފި
ޓިކްޓޮކާ އުޅެވުމަކީ ބޮޑު ގޯހެއް: މައިކްރޮސޮފްޓް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
އެމެރިކާގެ ބްލެކްލިސްޓުން ޝޯމީ ސަލާމަތްވެއްޖެ
ޓްރަމްޕް ދިރިއުޅުއްވާ ގެކޮޅުގައި ކޮވިޑް ފެތުރެނީ
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ
ޗައިނާގެ 8 އެޕެއް މަނާކުރަން ޓްރަމްޕްގެ ގަރާރެއް
ވާވޭގެ 5ޖީ އާ މެދު ޔޫކޭން އަލުން ވިސްނަން ގޮވާލައިފި