ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ޕެސްޓިސައިޑްގެ އޮލްޓަނޭޓިވްސް (ބަޔޯޕެސްޓިސައިޑް) ބޭނުންކުރުން ކުރިއެރުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް މިއަދު ފާސްކޮށްފި އެވެ.
27 ނޮވެމްބަރ 2019
ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ޕެސްޓިސައިޑްގެ އޮލްޓަނޭޓިވްސް (ބަޔޯޕެސްޓިސައިޑް) ބޭނުންކުރުން ކުރިއެރުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް މިއަދު ފާސްކޮށްފި އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން މަޖިލިހަށް ހުށަހެޅުއްވި ބިލް، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ގެނައި އިސްލާހުތަކާ އެކު ފާސް ކުރީ 72 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީން ގެނައި ބޮޑެތި ބަައެއް ބަދަލުތަކުގެ ތެރޭގައި ޕެސްޓިސައިޑް އިސްތިހާރު ކުރެވޭ ގޮތަށް އޮތް އޮތުން އިސްލާހުކޮށް، ރާއްޖޭގައި ޕެސްޓިސައިޑް އިސްތިހާރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި ޕެސްޓިސައިޑްގެ ގޮތުގައި އުފެއްދޭނެ، ބޭނުން ކުރެވޭނެ، ވިއްކޭނެ އަދި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަ ދިނުމާއި ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރެޖިސްޓްރީ މުރާޖައާކޮށް އުނިއިތުރު ގެނައުމުގެ ކަންކަން މިނިސްޓްރީން ކުރާ ގޮތަށް ބިލް ވަނީ ބަދަލުކޮށްފަ އެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ލައިސަންސް ނެތި ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކަށް 25،000ރ. އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލްގައި ވަނީ ހިމަނައިފަ އެވެ. އަދި ޕެސްޓިސައިޑް އެކްސްޕޯޓު ކުރުމާއި އަލުން ބަންދު ކުރުމަކީ ވެސް ކުށެއް ކަމުގައި ކަނޑަ އަޅައި އެ ކުށުގެ އަދަބަކީވެސް 25،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފަ އެވެ.
ބިލުުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ތަނެއްގައި ނުވަތަ ޖަނަވާރު ގެންގުޅޭތަނެއްގައި ނުވަތަ ކާބޯތަކެތީގެ އުފެއްދުންތައް، ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި ޕެސްޓިސައިޑް ރައްކާކޮށްފައި ބެހެއްޓުމާއި، ބޭނުންކުރަން ހުއްދަ ދީފައިވާ ބާވަތްނޫން އެހެން ބާވަތެއް ބޭނުން ކުރުމަކީ ކުށެއް ކަމުގައި ކަނޑަަޅައި 15،000ރ. އާއި 60،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ހިމަނައިފައެވެ. މައުލޫމާތު ހިމެނޭ ލޭބަލެއް ނުވަތަ ކަރުދާހަކާ ނުލައި ޕެސްޓިސައިޑް ވިއްކުމާއި، އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތަށް އަދި ތިމާވެއްޓަށް ގެއްލުންވާގޮތަށް ބެހެއްޓުމަކީވެސް ކުށެކެވެ. އަދި އެތަކެތި ގަޑުބަޑު ކުރުމަކީވެސް ކުށެކެވެ. އެކުށްތަކަށްވެސް 15،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ހިމަނައިފައެވެ.
ޕެސްޓިސައިޑް ބޭނުން ކުރުމުގައި އާންމު ސިއްހަތާއި ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅު އެޅުމާއި ޕެސްޓިސައިޑާ ގުޅޭ އުސޫލުތައް އެކުލަވައިލުމަކީ ބިލްގެ މަގްސަދެކެވެ. ޕެސްޓިސައިޑަކީ ގަސްގަހުގައި އަޅާ ފަންޏާއި ކޫޑި ފަދަ ތަކެތި ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. ދަނޑުވެރިކަން ކުރުމުގައި ބައެއް މީހުން މިހާރު ވެސް ޕެސްޓިސައިޑް ބޭނުން ކުރެ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ އިންތިގާލީ އިންސާފުގެ ބިލު މަޖިލިހަށް ބަލައިގަނެ، ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އަދި ކަނޑުދަތުރު ކުރާ އުޅަނދުތައް ފަރަށް އެރުމުން ޅަނދެއް ފުން ކުރުމަށް ދައުލަތުގެ އިދާރާއެއް އޮތުމުގެ މުހިންމު ކަން ފާހަގަކޮށް ހުށަހެޅި ގަރާރާއި މެރިޓައިމް އިންޑަސްޓްރީއާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ގަރާރު މަޖިލިހަށް ވަނީ ބަލައިގެންފަ އެވެ.
ޕެސްޓިސައިޑް ބޭނުންކުރުމާ ބެހޭ ބިލެއް މަޖިލިހަށް
ޕެސްޓިސައިޑް ބިލް ރައީސް ތަސްދީގު ކުރައްވައިފި
"އެންމެ ރަނގަޅުވާނީ އޯގަނިކް ފާމްގެ ވާހަކަ ދެއްކުން"
ދަނޑުވެރިކަމުގެ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި
މެންބަރުންނަކީ "ބޮޓުން" ކަމަށް ސިފަ ނުކުރަން އެދިއްޖެ
މަޖިލީހުގެ އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން 65 ޝަކުވާ
"ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދައިފި"
ދަނޑުވެރިންގެ ސަބްސިޑީ އިޔާދަކުރުމުގެ ގަރާރެއް
ތޮއްޑޫން އިންޒާރެއް: ފިޔަވަޅު ނާޅައިފިއްޔާ ހިތިވާނެ!
ދަނޑުތައް ވިހަވެފައި، ހައްދާ އެއްޗެހި ރައްކާތެރިތަ؟