ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދައްކަވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
20 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދައްކަވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު އެކަމަށް އެދިވަޑައިގަތީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގަރާރަށް މިއަދު މަޖިލީހުގެ ތަޅުމުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުންނެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ކުރިޔަށް ނުދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، މީކާއިލް ވިދާޅުވީ މަޖިލީހުގެ ވަކިވަކި މެންބަރުން ކޮންޓްރޯލް ކޮށްގެން މަޖިލީހުގެ މުޅި އެޖެންޑާއަކީ ރައީސް އޮފީހުން ދޭ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އޭނާ އެހެން ވިދާޅުވުމުން، މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ކަރާމާތް ނުގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ދަންނަވާ ކަމަށެވެ.
"މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު، ސަރުކާރުން ބޭނުންވާ ގޮތަށް ނޫނީ މެންބަރުން އަމަލު ނުކުރާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް ފާޑުކިޔަ އެވެ.
15 ބިލެއް ފާސްކުރުމަށް ފަހު މަޖިލިސް ޗުއްޓީއަށް
ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަށް ނުދާން ފާސްކޮށްފި
"ޓެރަރިޒަމަށް ހައްލު ހޯދޭނީ ގައުމުތައް ގުޅިގެން"
ބަންދު އަމުރާ ގުޅޭ ކުއްލި މައްސަލަ ބަލައެއްނުގަތް
ޓައީ އަޅަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
ނާޒިމް ރިޔާސަތަށް ގެންނަން މަސައްކަތް ކުރަނީ
މުޒާހަރާގެ ހައްޔަރުކުރި މީހުންގެ މައްސަލަ ބޭރުކޮށްލައިފި
ޓައީ އަޅަން މަޖުބޫރުނުވާ ގޮތަށް ކޮމިޓީން ފާސްކޮށްފި
އެއްދުވަހު ކަމުނުދާ ލީޑަރު އަނެއްދުވަހު ކަމުހިނގައިދާނެ
މަޖިލިސް ރައީސް ޕާކިސްތާނު މަތިގޭ ޗެއާމަން އަރިހަށް