Roadha Mihaaru
ނޯޓް 10 އަށް އެންޑްރޮއިޑް 10، 2020 ގައި

ނޯޓް 10 އަށް އެންޑްރޮއިޑް 10، 2020 ގައި

01 ޑިސެމްބަރ 2019

ސެމްސަންގަކީ އެންޑްރޮއިޑް މާކެޓްގައި އެންމެ ނުފޫޒު ގަދަ ކުންފުންޏެވެ. އެ މީހުން ބޭނުން ގޮތަކަށް އެންޑްރޮއިޑް މާކެޓް އަނބުރާލެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް، ހިތާމަ އަކީ، ވާދަވެރިންގެ ފޯނުތަކަށް އެންޑްރޮއިޑް 10 ލިބެމުން ދާއިރު ވެސް، ސެމްސަންގް ފޯނުތަކަށް ދިގުލައިގެން ދިއުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގަކީ އެންޑްރޮއިޑް މާކެޓްގައި އެންމެ ނުފޫޒު ގަދަ ކުންފުންޏެވެ. އެ މީހުން ބޭނުން ގޮތަކަށް އެންޑްރޮއިޑް މާކެޓް އަނބުރާލެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް، ހިތާމަ އަކީ، ވާދަވެރިންގެ ފޯނުތަކަށް އެންޑްރޮއިޑް 10 ލިބެމުން ދާއިރު ވެސް، ސެމްސަންގް ފޯނުތަކަށް ދިގުލައިގެން ދިއުމެވެ.

ގެލަކްސީ އެސް10 އަށް، ދުވަސްތަކެއް ކުރިން، އެންޑްރޮއިޑް 10ގެ ޓެސްޓް އަޕްޑޭޓްތަކެއް ފޮނުވި އެވެ. އެއީ އެސް10 ގައި އެންޑްރޮއިޑް ރަނގަޅަށް މަސައްކަތްކުރެތޯ ބެލުމަށެވެ. ފޯނުގައި ހުރި އެއްވެސް ފީޗާއަކަށް ބުރޫއަރައި ބޭނުންކުރަން ދަތިވޭތޯ ބެލުމަށެވެ. އެސް10 އަށް، އެންޑްރޮއިޑް 10 އަދި މުޅިން ފައްކާނުވި ނަމަވެސް، ބައެއް ރީޖަންތަކުގައި ބޭނުންކުރާ އެސް10 މަރުކާގެ ފޯނުތަކަށް، އެންޑްރޮއިޑް 10 ދޫކުރަން ފަށައިފި އެވެ. މިއީ ދިގު އިންތިޒާރެކެވެ.

ސެމްސަންގްއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ ނޯޓް 10 އަށް އެންޑްރޮއިޑް 10 ދޫކުރެވޭ ވަރު ވާނީ ޖެނުއަރީ 2020 ގަ އެވެ. ބީޓާ ޓެސްޓިން މަރުހަލާގައި ހުރި މައްސަލަތައް ހައްލުކޮށް ނިމޭނެ ކަމަށް ބެލެވެނީ އެ ތާރީޚަށެވެ.

ސެމްސަންގް އަކީ ގޫގުލް އަށް އެންޑްރޮއިޑް ވިއްކައިދޭ ކުންފުންޏެކެވެ. ސްމާޓްފޯން މާކެޓަށް ސެމްސަންގުން މިލިއަނުން ފޯނު ނެރެ އެވެ. މިއިން ކޮންމެ ފޯނެއް އެކަށޭނަ ފެންވަރުގައި ދެމެހެއްޓުމަށް ބިޔަ އިންޖިނޭރިން ޓީމެއް ބޭނުންވެ އެވެ. އެ ފޯނަކަށް އެންމެ ކަމުދާ ފެންވަރުގައި ސޮފްޓްވެއާ އަޕްޑޭޓްކުރުމަކީ އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް، ނޯޓް 10 އަދި އެސް10 ފަދަ ބާރުގަދަ ފޯނުތަކަށް އަހަންމިޔަތުކަން ދޭންޖެހޭނެ އެވެ.

ގޫގުލުން އެންޑްރޮއިޑް 10 އާންމުކުރުމުގެ އެތައް ދުވަސްތަކެއް ކުރިން، ސެމްސަންގް އަށް އެކަން އެނގޭނެ އެވެ. އެހެންކަމުން، ސޮފްޓްވެއާ އަޕްޑޭޓްތައް މިހާ ލަސްވާ ސަބަބެއް އޮވެގެން ވާނެ ކަމަށް ގަބޫލުކުރަން އުނދަގުލެވެ.