03 ޑިސެމްބަރ 2019
މަތީ ތައުލީމާއި ތަމްރީނު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ޒަމާނީ ފެންވަރުގެ ކޯސްތައް ތައާރަފްކުރުމުގެ މަގުސަދުގައި ވިލާ ކޮލެޖުން ކުރަމުން އަންނަ ސިލްސިލާ މަސައްކަތުގެ ތެރެއިން، ވަރަށް ހާއްސަ ދާއިރާއެއްގެ ކޯހެއް ފަރުމާކޮށް، އަންނަ ޖަނަވަރީ މަހުގައި ފެށުމަށް އެ ކޮލެޖުން ތައްޔާރުވެއްޖެ އެވެ.
މަތީ ތައުލީމާއި ތަމްރީނު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ޒަމާނީ ފެންވަރުގެ ކޯސްތައް ތައާރަފްކުރުމުގެ މަގުސަދުގައި ވިލާ ކޮލެޖުން ކުރަމުން އަންނަ ސިލްސިލާ މަސައްކަތުގެ ތެރެއިން، ވަރަށް ހާއްސަ ދާއިރާއެއްގެ ކޯހެއް ފަރުމާކޮށް، އަންނަ ޖަނަވަރީ މަހުގައި ފެށުމަށް އެ ކޮލެޖުން ތައްޔާރުވެއްޖެ އެވެ.
އެގޮތުން ވިލާ ކޮލެޖުން 2020 ޖަނަވަރީ އިންޓޭކުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީއެސް) އިން ފެށުމަށް ތައްޔާރުވެފައިވާ ބެޗެލާ އޮފް ސައިކޮލޮޖީ ކޯހަކީ، ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމާއި ތަމްރީނު ލިބިވަޑައިގެންފައިވާ މާހިރުންގެ ލަފަޔާއި އިރުޝާދުގެ އިތުރުން ބައިނަލްއަގުވާމީ މިންގަޑުތަށް އަސްލަކަށް ބަލައިގެން ފަރުމާކުރެވިފައިވާ ކޯހެކެވެ. ވަކިން ހާއްސަކޮށް ދާއިރާގެ މާހިރުންގެ އެޕްރޫވަލް ލިބިފައިވާ ކޯހަކަށް މި ކޯސް ވެގެންދާކަމީ، ކޯހަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.
ބެޗެލާ އޮފް ސައިކޮލޮޖީ ކޯސް ވެގެންދާނީ، ވިލާ ކޮލެޖުގެ އެހެނިހެން ކޯސްތަކެކޭ ވެސް އެއްގޮތަށް ދާއިރާގެ ޕީއެޗްޑީ ނުވަތަ މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ތިއްބެވި ގާބިލު ބޭފުޅުން ލެކްޗާ ކުރައްވާނޭ ކޯހެއްކަމުގެ ޔަގީންކަން އެ ކޮލެޖުން ދެއެވެ. ކޯސް ހިންގުމަށް ބޭނުންވާނޭ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ފައްކާކުރެވި، ތަމްރީނާއި ތަޖުރިބާހޯދޭނޭ މަގުތައް މިހާރު ތަނަވަސް ކުރެފައިވާއިރު، ކޯހުގެ ކިޔެވުން ކުރިޔަށް ގެންދެވޭނީ ބައިވެރީންނަށް ދެވޭ އިލްމާއި އަމަލީ ތަޖުރިބާ ލިބިދެވޭ މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާ ބޭއްވުން ފަދަ ތަފާތު ހަރަކާތްތަކުގެ ތެރެއިންނެވެ. މިކަންކަން ހާސިލުކުރުމަށް، ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތައް ލިބިދޭ ކޮލެޖް ލައިބްރަރީ އާއި ދަރިވަރުންނަށްޓަކައި ރާވާއި ހިންގޭނޭ ތަފާތު އެކަޑެމިކް ހަރަކާތްތަކުގެ ފުރިހަމަ ހިއްސާލިބިގެންދާނޭ ކަމުގެ ޔަގީންކަން އެ ކޮލެޖުން ދެއެވެ. މިގޮތުން ލައިބްރަރީ ވޯކްޝޮޕްތަކާއި އެކަޑެމިކް ރައިޓިން ވޯކްޝޮޕްތަކާއި ރިފަރެންސިން ވޯކްޝޮޕްތަކާއި ރިސާޗް ވޯކްޝޮޕްތައް ދަރިވަރުންނަށްޓަކައި ރާވައި ހިންގޭނެ އެވެ.
"ވިލާ ކޮލެޖްގެ ބެޗެލާ އޮފް ސައިކޮލޮޖީ ޕްރޮގްރާމްއަކީ މިދާއިރާގައި މަސައްކަތްކުރަން ގަސްތުކުރާ ދަރިވަރުންނަށް ލިބެންޖެހޭ ހުނަރާއި އަމަލީ ތަޖުރިބާ ހިމެނޭ ގޮތައް ފަރުމާކުރެވިފައިވާ ވަރަށް ރަނގަޅު ޕްރޮގްރާމެއް،" އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކައުންސެލަރެއް ވިދާޅުވި އެވެ.
ކޯހުގައި ދަރިވަރުން ކިޔަވަމުންދާއިރު، ދަރިވަރުންނަށް އިންޓަރިމް ފީޑްބެކް ދީ، އުނގެނުމުގައި ކުރިޔަށްދާނޭ ފަހިލަފާ ވެސް ދަރިވަރުންނަށް ދެވޭނެ އެވެ. ދަރިވަރުންނަށް ހިންގޭ އަމަލީ ތަޖުރިބާތައް ކުރިޔަށް ދާނީ މިހާރު ވެސް ރެޖިސްޓަރްޑް ކައުންސެލަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ބެލުމުގެ ދަށުންނެވެ. މި ނޫނަސް، އަދުގެ ދުނިޔޭގައި އިލްމީ ދިރާސާކުރުމަށް ދެވޭ އިސްކަމާއެކު ދަރިވަރުންނަށް ރިސާޗްކުރުމަށް ހިތްވަރުދެވި އެކަމަށް ބޭނުންވާނޭ އިލްމާއި ތަމްރީނު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް، ކުއަންޓިޓޭޓިވް އަދި ކުއަލިޓޭޓިވް ދާއިރާއިން ރިސާޗް ހެދުމަށް ބޭނުންވާނޭ ގާބިލުކަން ހޯދައިދެވޭނެ އެވެ.
ވިލާ ކޮލެޖުގެ ދަސްވެނިވުން ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ނިޝާން އަލީ /މިހާރު
ވިލާ ކޮލެޖުގެ ބެޗެލާ އޮފް ސައިކޮލޮޖީ ކޯސް ހަދާ ދަރިވަރުންނަށް، ކޯހުގެ ތެރެއިން އަމަލީ ތަޖުރިބާ ލިބިގަތުމަށް ފުރުސަތު ހޯދައިދިނުމުގެ އިންތިޒާމު ވެސް ކޮލެޖް މެދުވެރިވެގެން ހަމަޖެހިގެންދާނެ އެވެ. އަދި މި ކޯސް ނިންމާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވެވޭނެ އެވެ. އަދި މި ދަރިވަރުންނަކީ ސައިކޮލޮޖީގެ ދާއިރާގައި ހަރަކާތްތެރި ވުމުގެ އިތުރުން ހެލްތު ކެއާ، ޝަރުއީ ދާއިރާ، ތައުލީމީ ދާއިރާ، ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ރިސާޗް، އަދި ސަރުކާރުގެ ތަފާތު ވުޒާރާތަކުގައި ވަޒިފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ދަރިވަރުންނެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ފޮރެންސިކް ސައިކޮލޮޖީ، ކްލިނިކަލް ސައިކޮލޮޖީ އަދި ކައުންސެލިން ސައިކޮލޮޖީ ފަދަ ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކޮށްފައިވާ ތަޖުރިބާކާރު ގާބިލު ބޭފުޅުންނެވެ.
އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކައުންސެލަރެއް ވިދާޅުވާގޮތުގައި "ވިލާ ކޮލެޖްގެ ބެޗެލާ އޮފް ސައިކޮލޮޖީ ޕްރޮގްރާމްއަކީ މިދާއިރާގައި މަސައްކަތްކުރަން ގަސްތުކުރާ ދަރިވަރުންނަށް ލިބެންޖެހޭ ހުނަރާއި އަމަލީ ތަޖުރިބާ ހިމެނޭ ގޮތައް ފަރުމާކުރެވިފައިވާ ވަރަށް ރަނގަޅު ޕްރޮގްރާމެކެވެ."
އެހެން ތަޖުރިބާކާރަކު ފާހަގަ ކުރައްވާ ގޮތުގައި "މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަކީ މި ދާއިރާގައި ހުރި މައްސަލަތަކަށް ކޭޓާ ކުރެވޭ ގޮތައް ތަމްރީނުކުރެވޭ ބައެކެވެ."
ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު ސެޓްފިކެޓް ވާހަކަދައްކަވަނީ، .-- މިހާރު ފޮޓޯ: ނިޝާން އަލީ /މިހާރު
ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން އަކީ ތައުލީމީ ދާއިރާ އާއި އެ ދާއިރާ އާ ގުޅޭ ހިންގުމާއި ފަންނަށް މީހުން ތަމްރީނުކޮށް އަހުލުވެރިކުރުމަށް ހާއްސަ ކޯސްތަށް ޒަމާނަށް އެންމެ އެކަށޭނަ އަދި އެންމެ މުނާސަބުކޮށް ފަރުމާކޮށް ހިންގާ ފެކަލްޓީއެކެވެ. އެގޮތުން ކޮލެޖަށް ނިސްބަތްވާ ކޯސްތަކުގެ އިތުރުން ބައިނަލްއަގުވާމީ ހައިބަތު ހުރި ޔުނިވާސިޓީ އެއް ކަމަށްވާ، އިނގިރޭސީވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް ގެ މާސްޓާސް އޮފް އާޓްސް އިން އެޑިޔުކޭޝަން ޕްރޮގްރާމް ކާމިޔާބުކަމާ އެކު ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް، އެ ފެކަލްޓީ އިން ހިންގާ މާސްޓާސް ކޯސްތަކުގެ ތެރޭގައި މާސްޓާސް އޮފް އެޑިޔުކޭޝަން އިން ޓީޗިން، މާސްޓާސް އޮފް އެޑިޔުކޭޝަން އިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް، މާސްޓާސް އޮފް ޓީޗިން ދިވެހި ލޭންގުއޭޖް، މާސްޓާސް އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް ކޯސް ހިމެނެއެވެ. މީގެ އިތުރުން ހިންގޭ ބެޗަލާސް ޑިގްރީގެ ކޯސްތަކަށް ބަލާއިރު، ބެޗަލާ އޮފް ޓީޗިން ޕްރައިމަރީ، ބެޗަލާ އޮފް އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން، ބެޗަލާ އޮފް ޓީޗިން މެތެމެޓިކްސް، ބެޗަލާ އޮފް އިން ޓީޗިން އިންގްލިޝް އެޒް އަ ފޮރިން ލޭންގުއޭޖް، ބެޗަލާ އޮފް ޓީޗިން ދިވެހި ލޭންގުއޭޖް އަދި ބެޗަލާ އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް ކޯސް ފަދަ ކޯސްތައް ހިމެނެއެވެ. އަދި ޕޯސްޓް ގްރެޑުއޭޓް ޑިޕްލޮމާ އޮފް ޓީޗިން ކޯހަކީ ވެސް ދަރިވަރުންގެ ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކާމިޔާބު ޕްރޮގްރާމެކެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަނަލް ސްޓަޑީޒް އިން މިހާތަނަށް 1100 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިފައިވާއިރު، އެ ފެކަލްޓީ ގެ އުންމީދުތަކެއް ވެސް އެބަހުއްޓެވެ. އެއީ، ޒަމާނަށް އަންނަ ބަދަލުތަކާ އެކު އުނގެނުމާއި އުނގަންނައި ދިނުމަށް އަންނަ ބަދަލުތަކަށް ފާރަވެރިވެ، އެ ދާއިރާގެ ފަންނީ މީހުން ބިނާކުރުމުގައި ފެންވަރު ހުރި، އަދި ބައިނަލްއަގުވާމީ ގޮތުން ވެސް ހައިސިއްޔަތު ލިބިދެވޭ ފަދަ ކޯސްތައް ފަރުމާކޮށް ހިންގުމެވެ. 2020 ގައި ފެށޭ ބެޗަލާ އޮފް ސައިކޮލެޖީ ކޯހަކީ އެ އުންމީދު ހާސިލުކުރުމަށް ކުރެވޭ މަސައްކަތުގެ ޗޭނަށް އިތުރުކުރެވުނު ރަން ބޮޅެކެވެ.
ވިލާ ކޮލެޖުގެ ދެ ވަނަ ސައިކޮލޮޖީ ސިމްޕޯޒިއަމް ފަށައިފި
ވިލާ ކޮލެޖުން ޝަރުއީ ކޯސްތައް އޮންލައިންކޮށް ކިޔެވޭނެ
ކައުންސެލިން ސުޕަވިޝަން ޓްރެއިނިންއެއް ބާއްވައިފި
ފައުންޑޭޝަން ސެޓްފިކެޓުން މަތީ ތައުލީމުގެ ބިންގާ
ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބް ވިލާ ކޮލެޖުގައި
އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟
ވިލާއާއި ކައުންސެލިން އިންސްޓްޓިއުޓްތައް އެއްބަސްވުމަކަށް
ޔޫކޭގެ މާސްޓާސް ޕްރޮގްރާމެއް ނާސިންގެ ދާއިރާއިން
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ވިލާ ކޮލެޖުގެ ޔޫވީ ކޯސްތަކުގެ ތަރުހީބު ބޮޑު ވަނީ