Roadha Mihaaru
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް ކުރަން ކޯޓަށް ފޮނުވައިފި

05 ޑިސެމްބަރ 2019

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ، އަމީން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތް ކަމުގެ ތުހުމަތުގަ އެވެ. އޭނާއަކީ ކުރިން އެމެރިކާ އިން ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި މީހެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަމީންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކުރަން މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

މިއީ ދާދިފަހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައި ފަހުން އެފަދަ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް ހޯދަން އިއުލާންކުރި މީހެކެވެ. އެ މައްސަލާގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު 2011 ވަނަ އަހަރު އޭނާ ރާއްޖެ ގެނައުމަށް ފަހު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.